ލައިފްސްޓައިލް

ރާއްޖޭން ބޭރަށް ދާން ކުޑަމިނުން ހިތަށްވެސް ނާރުވަން، އަގުވައްޓާލަން އުޅުނަސް ބޮޑުވަރު: ނިހާން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުރަން ގޮސް އެއާޕޯރޓްގައި ހުއްޓާ ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފައިވާކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކޮށްފިއެވެ.

Ads by Sosun Fihaara

ޕާސްޕޯޓް ހިފަހައްޓައިފައި ވަނީ ފުރަން ގޮސް އުޅެނިކޮށް ނޫންކަން ނިހާން ވަނީ ޔަގީން ކޮށްދީފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފައި ވަނީ ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރެއެވެ.

ނިހާން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ދަރިފުޅުގެ ޓިކެޓެއް ޑޭޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ގަތަރު އެއާރލައިން އޮފީހަށް ގޮސްފައިވާނެކަމަށެވެ. އަދި އެތަނަށް ދިއުމުން މިވީ އޭނާ ފިލަންް އުޅުނު ކަމުގައި ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.

ހަމަ އެހެންމެ ދިވެހި ފުލުހުންގެ އިންޓެލިޖެންސް އިން ތިޔަ ހޯއްދެވި އިންޓެލިޖެންސް އަކީ މިހާތަނަށް ހޯދުނު އެންމެ ތެދުވެރި އިންޓެލިޖެންސް ރިޕޯޓް ކަމުގައި ވިދާޅުވެ ނިހާން ވަނީ ފުލުހުންނަށް ވެސް ފާޑުވިދާޅުވެފައެވެ.

ނިހާން އިތުރަށް ވިދާޅުވެފައި ވަނީ، 2020 ވަނަ އަހަރު ފެށުނު ފަހުން ރާއްޖޭން ބޭރުުގެ އެއްވެސް ތާކަށް ދާން އެންމެ ކުޑަމިނުން ހިތަށް ވެސް ނާރުވާ ކަމަށެވެ. އަދި އެއްވެސް އެއާލައިނަކުން ކުޑަމިނުން ރިޒަވޭޝަނެއްހާ ހިސާބު ވެސް ހަދާފައި ނުވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ނިހާން ވިދާޅުވީ ފްރޭމްކޮށް އަގުވައްޓާލަން އުޅުނަސް "ތިވަރު ބޮޑު" ކަމަށެވެ.

Ads by Allied Insurance
  1. ޓަކި މޫނާ

    އަނެއްކާ ބޯ ކަޅުކުރީ. ކަމޯން ޑޫޑް ޖަސްޓް ސްޓޮޕް

  2. ފިލަން އުޅޭކަންއެގޭ ކަޓުވާލި އަދަދުތަކުންވެސް

  3. އަލީ

    އަޅުގަނޑަކީވެސް ދިވެއްސެއް، އެކަމަކު ގިނަ ދިވެހިންނަކީ ވާނުވާ ނުބަލާ ހިތައްއެރި އެއްޗެއްކިޔާ ހިތައްއެރި ގޮތަކަށް އުޅޭ ވާނުވާނޭނޭ މީހުން ވިސްނާ ފިކުރުކޮއް ހަޤީގަތް ބަލާ ވާހަކަދެއްކުމަށް އިލްތިމާސްކުރަން… ހެޔޮއެދޭ ދިވެއްސެއް