Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ޖަޕާނުން ދަނޑުވެރިކަން ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

ޖަޕާނުން ދަނޑުވެރިކަން ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި
ޖަޕާނުގެ އެގްރިކަލްޗާ ސްޓަޑީޒް ނެޓްވޯކް ފޯ ފުޑް އެންޑް ސެކުރިޓީ 2025 ގެ ދަށުން ޖަޕާނުގައި ދަނޑުވެރިކަމުގެ ދާއިރާއިން ކިޔެވުމަށް ފުރުސަތު ހުޅުވާލައިފި އެވެ. ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ޖަޕާން އިންޓަނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ) ގެ އެގްރިކަލްޗާ ސްޓަޑީޒް ނެޓްވޯކް ފޯ ފުޑް އެންޑް ސެކުރިޓީ ގެ ދަށުން ހުޅުވާލި މި ފުރުސަތަކީ މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތެކެވެ. މާސްޓަސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލް ކޮށްފައިވުން އަދި 1 އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 35 ފުރިފައި ނުވުމެވެ. ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލު ކޮށްފައިވުން އަދި އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުމެވެ. ސްކޮލަޝިޕަށް ހުޅަހަޅަންޖެހޭ ލިޔެކިޔުންތައް:
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ފޮލް ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ އާއި މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ.
  • ޖައިކާ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮއްފައިވާ ތަކެތި.
  • މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ހިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، (ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް).
  • ހިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.
އެ ސްކޮލާޝިޕަށް އެދި ހުޅަހެޅުމުގެ ފަހު ތާރީހަކީ 26 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. އެ ސްކޮލާޝިޕް ފުރުސަތާއި ގުޅޭ އިތުރު މައުލޫމާތު އިއުލާން ގައި ބަޔާންކޮށްފައިވެ އެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1474 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީ-މެއިލް ކޮށްގެން މައުލޫމާތު ސާފު ކުރެވޭނެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް