ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކައިން 39 ޖެނެރޭޓަރު ހޯދަނީ

ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން 39 ޖެނެރޭޓަރު ގަތުމަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ހުޅުވާލައިފި އެވެ.
ފެނަކައިން އިއްޔެ ވަކިވަކިން ކުރި އިއުލާނުތަކުގައި ވަނީ އެ ކުންފުންޏަށް ޖެނެރޭޓަރު ވިއްކުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި 3،000 ޑޮލަރާއި 5،000 ޑޮލަރު ދެމެދުގެ އަގެއް ހުށަހަޅަން ޖެހެ އެވެ. ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަން ޖެހެ އެވެ.
ފެނަކައިން ހޯދަމުން އަންނަނީ 250 ކިލޯވޯޓާއި 1،600 ކިލޯވޯޓާ ދެމެދުގެ 39 ޖެނެރޭޓަރު ސެޓެވެ.
ފެނަކައިން ގަންނަން އިއުލާނުކޮށްފައިވާ ޖެނެރޭޓަރުތައް:
- 250 ކިލޯވޯޓުގެ ހަތް ޖެނެރޭޓަރު ސެޓް
- 400 ކިލޯވޯޓުގެ ހަ ޖެނެރޭޓަރު ސެޓް
- 600 ކިލޯވޯޓުގެ އަށް ޖެނެރޭޓަރު ސެޓް
- 800 ކިލޯވޯޓުގެ ފަސް ޖެނެރޭޓަރު ސެޓް
- 1،000 ކިލޯވޯޓުގެ ހަ ޖެނެރޭޓަރު ސެޓް
- 1،200 ކިލޯވޯޓުގެ ފަސް ޖެނެރޭޓަރު ސެޓް
- 1،600 ކިލޯވޯޓުގެ ދެ ޖެނެރޭޓަރު ސެޓް






ކޮމެންޓް