ޚަބަރު

ދެވަނަ ކުއާޓަރުގައި އެމްއޭސީއެލް އަށް 166 މިލިއަން ރުފިޔާގެ ގެއްލުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 166 މިލިއަން ރުފިޔާގެ ގެއްލުން ދައްކާފައިވާ ކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

މިނިސްޓްރީ އޮފް ފިނޭންސް ގެ ދަށުން ހިންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ އާންމު ކުރި ސަރުކާރު ކުންފުނިތަކުގެ ކުއާޓަލީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެކުންފުންޏަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.

ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓާރުގައި ލިބިފައިވާ އަދަދު ބޮޑު ތަނުން ދަށް ކަމަށާއި، ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 111 މިލިއަން ރުފިޔާ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތުގައި އެމްއޭސީއެލް އަށް ލިބުނު އަދަދަށް ބަލާލާއިރު، 91% މަދު އަދަދެކެވެ. އަދި މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އަދަދާ އަޅާ ބަލާއިރު 92% މަދު އަދަދެކެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ތެރޭގައި އެމްއޭސީއެލް އަށް 346 މިލިއަން ރުފިޔާގެ ފައިދާވިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ވެސް އެމްއޭސީއެލް އަށް 423 މިލިއަން ރުފިޔާގެ ސާފު ފައިދާވި ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި މިވަނީ 166 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!