ޚަބަރު

ކޮވިޑް-19: ދަނބިދޫ އިން މީހަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލ. ދަނބިދޫ ގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މިކަން އާއްމުކޮށް އިއުލާނު ކުރައްވަމުން ދަނބިދޫ ކައުންސިލުން ބުނީ، އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެފައި ވާތީ، ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެކަން ދަންނަވާ ކަމަށެވެ.

"އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަަޅުތައް އެޅުއްވުމަށް ދަންނަވަން" އެރަށު ކައުންސިލުން ބުންޏެވެ.

އެނގިފައިވާ ދަނބިދޫ އިން ކޮވިޑް-19 އަށް ފައްސި ވެފައިވަނީ އުމުރުން 25 އަހަރުގެ އަންހެނެކެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 13،444 އަށް އަރާފައިވާއިރު މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 553 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 47 މީހަކަށެވެ.

ރާއްޖެއިން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 48 ގައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!