Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ހުދުމުހްތާރު ވެރިކަމެއްގެ ސިފަ އަށަގަންނަތަން ދަނީ ފެންނަމުން: ޝާހިދު 

ހުދުމުހްތާރު ވެރިކަމެއްގެ ސިފަ އަށަގަންނަތަން ދަނީ ފެންނަމުން: ޝާހިދު 
ހުދުމުހްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ. ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ޝާހިދު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ. ޝާހިދު ވިދާޅުވީ ‏ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިހާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށެވެ. އަދި ‏މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި ހައްދެއްނެތި ބާރުތައް ލިބިފައިވާ ހުދްމުހްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ފުރަތަމަ ބާބުގެ ހަތަރު ވަނަ މާއްދާގައި ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް ސާފުކޮށް ބަޔާންކޮށްފައިވަނީ ވެސް އެ ތަޖުރިބާގެ އަލީގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ގާނޫނުއަސާސީގެ އެ ބާބަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ އެ ބާބުގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ޝާހިދު ވިދާޅުވީ ‏ސާފު ސާދާ އިބާރާތުން ބުނެފައި އެ ވަނީ ދިވެހި ރައްޔިތުން ހުދުމުހްތާރު ވެރިކަމަކަށް ޖާގަ ނުދޭނެ ކަން ކަމަށެވެ.
"ހިތާމަޔަކީ ގާނޫނު އަސާސީގެ ރޫހާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ހިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ހުދުމުހްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަން،"
ޝާހިދު އިތުރަށް ވިދާޅުވީ ‏މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އެންމެންގެ ވެސް ގައުމީ ވާޖިބެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް