Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ހިޔާލު ހޯދުމުގެ މާއްދާ އިސްލާހު ކުރެވޭނީ ރައްޔިތުންގެ ހިޔާލުން ކަމަށް ކޮމިޓީން ނިންމައިފި 

ހިޔާލު ހޯދުމުގެ މާއްދާ އިސްލާހު ކުރެވޭނީ ރައްޔިތުންގެ ހިޔާލުން ކަމަށް ކޮމިޓީން ނިންމައިފި 

ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހު ކުރެވޭނީ ރައްޔިތުންގެ ހިޔާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފި އެވެ.

އެ މާއްދާއަށް ކޮމިޓީ މަރުހަލާގައި ހުށަހެޅި އިސްލާހަކާ އެކު މުޅި އިސްލާހު ބަލައިގެންފައިވަނީ 75 މެންބަރުންގެ ވޯޓުންނެވެ. އަދި ބިލު ބަލައި ނުގަތުމަށް 13 މެންބަރުން ވޯޓު ދެއްވި އެވެ. ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރިޔާސީ އަދި މަޖިލިސް މެންބަރުންގެ ދައުރު ހިމެނޭ ގާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ބުނާ މާއްދާ އިސްލާހު ކުރަން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދެވެ. މިއަދުގެ ޖަލްސާއަށް ތައާރަފުކުރި އެ ބިލުގެ ބަހުސް ނިންމާލިއިރު، ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ 13 މެންބަރުންނެވެ. ބިލުގެ ބަހުސްއަށް އިދިކޮޅު އެމްޑީޕީއަށް ދިން ވަގުތު ހަމަވިއިރު، އެ ޕާޓީން ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ 7 މެންބަރެކެވެ. ދެން އެ ބިލުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ ޕީއެންސީގެ 5 މެންބަރުންނާ އަދި އަމިއްލަ މެންބަރެކެވެ. ޝާހިދު ހުށަހެޅުއްވި ބިލުގެ 5 އިސްލާހުގައިވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 3 ގެ ފަހަތައް ނަންބަރެއް އިތުރު ކުރުމަށެވެ. ޖަލްސާ ނިމި 15 މިނެޓު ފަހުން މުޅި މަޖިލިސް ކޮމިޓީގެ މަސައްކަތް ފެށި އެވެ. ކޮމިޓީ މަރުހަލާގައި ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާއަށް ދިވެހިރާއްޖޭގެ ސަރަަހައްދު ހިމެނުމަށެވެ. އެ އިސްލާހަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ތާއީދު ކުރެއްވި އެވެ. އިސްލާހު ބަލައިގެންފައިވަނީ 78 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 6 މެންބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ދެ މެންބަރަކު ތިއްބެވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް