ކެޓްރީނާގެ މަންމަ އަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައި
 
                                                    ބޮލީވުޑުގެ ބަތަލާ ކެޓްރީނާ ކައިފްގެ މަންމަ ސުޒޭން ކުރަމުން އަންނަ ދަރުމަވެރި މަސައްކަތްތަކަށް ޓަކައި ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ.
ސުޒޭން ކުރަމުން އަންނަ މަސައްކަތްތައް ފޭނުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ކެޓްރީނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ކެޓްރީނާ ވަނީ އޭނާގެ މަންމަ ކުރަމުން އަންނަ މަސައްކަތްތަކަށް ނުހަނު ފަޚުރުވެރިވާ ކަން ހާމަކޮށްފައެވެ.
ކެޓްރީނާ ބުނެފައިވާ ގޮތުގައި އޭނާގެ މަންމަ ވަނީ ތަމިލްނާޑޫގައި ސުކޫލެއް ބިނާ ކޮށްފައެވެ. ފަގީރުން ދިރިއުޅޭ ހިސާބެއްގެ ބިނާ ކުރި މި ސްކޫލުގައި، ކުރިން ސުކޫލަށް ދިއުމުގެ މާލީ ތަނަވަސްކަން ނުލިބި ތިބި 200 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ކަމުގައި ކެޓްރީނާ ބުނެއެވެ.
މައުންޓެއިން ވިއު ސުކޫލުގެ ނަމުގައި އިންގްލިޝް މީޑިއަމް އަށް ކިޔަވައިދޭ މި ސުކޫލު ހުޅުވާފައިވަނީ 2015 ވަަނަ އަހަރުއެވެ.
 
   
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
