ޚަބަރު

ބާނާ ހުރިހާ މަހެއް ވަގުތުން ނުކިރޭނެ: އާދިލް ސަލީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްވެރިން ބާނާ ހުރިހާ މަހެއް ވަގުތުން ކިރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، މިފްކޯގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އާދިލް ސަލީމް މިހެން ވިދާޅުވެފައި މިވަނީ، މަސްވެރިން ބާނާ މަސް މިފްކޯއިން ކިރުވުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ދަނޑިވަޅެއްގައެވެ.

އެގޮތުން އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަސްވެރިންނަށް ލީޑާޝިޕް ދައްކަން ޖެހޭ ކަމަށާއި ވާނުވާ ބުނެދީ ސަރުކާރާއި އިންޑަސްޓްރީ އެކުގައި މަސައްކަތް ފަށަން ވެއްޖެ ކަމަށެވެ.

"ބާނާ ހުރިހާ މަހެއް ވަގުތުން ނުކިރޭނެ. ކޮންމެ ދޯންޏެއް ކައިރި ކުރާ ދިމާލުގައި ކެރޭނެއް ނުބެހެއްޓޭނެ. ހުރިހާ ދޯނިން އެއްފަހަރާ މަސް ނަގަން މުވައްޒަފުން ވެސް ނުތިބޭނެ" އާދިލް ސަލީމް ވިދާޅުވެފައިވެއެވެ.

އުތުރުގެ މަސްވެރިން ބާނާ މަސް ކިރުވުމުގައި މިފްކޯއަށް ދަތިތަކެއް ދިމާވެގެން އުޅޭއިރު، މިފްކޯއިން ބުނާގޮތުން މިމައްސަލަ ދިމާވެގެން އުޅެނީ ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅު ވުމުންނެވެ. އަދި އެއާއެކު ރާއްޖޭގެ އުތުރުގައި އޮޕަރޭޓްކުރާ މިފްކޯގެ ފެލިވަރު މަސް ކާރުޚާނާގެ ކެޕޭސިޓީ ފުރެމުންދާ ކަމަށާއި މިކަމަށް ހައްލުތަކެއް ހޯދުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!