ޚަބަރު

ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއް ކަމަށް ޑރ. އިޔާޒް ސިފަ ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ ގޮތަކަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ސިފަ ކުރައްވައިފިއެވެ.

Ads by STELCO

ނަޞާރާއިން ކޮންމެ އަހަރެއްގެ މިދުވަސްކޮޅު ފާހަގަ ކުރާ "ކްރިސްމަސް" ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުން ރައީސް ނަޝީދު އިއްޔެ ވަނީ ޓްވީޓު ކުރައްވާފައެވެ.

އެކަމާ ގުޅިގެން ދީނީ އިލްމުވެރިން ދަނީ މިމައްސަލައިގައި އެބޭފުޅުން ދެކޭގޮތުގެ ރައުޔު ނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.

ރައީސް ނަޝީދު ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފައިވާއިރު ރާއްޖޭގެ ސިޔާސީ އެހެން އެއްވެސް ބޭފުޅަކު މިދުވަހާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަވެއެވެ. އަދި މިދުވަހަކީ އިސްލާމްދީނުގައި ފާހަގަކުރުން ހުއްދަކުރާ ދުވަހަކަށް ނުވާއިރު، މިކަމުގައި ބައިވެރި ނުވުމަށް ދުރާލައި އިލްމުވެރިން ދިޔައީ އިލްތިމާސް ކުރަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ކޮށްފައިވާ ޓްވީޓާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ މީގެ ކުރިން ވެސް ތިމާގެ ނުލަފާ ކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެ ކަމަށް ބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫ ޖަހާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުން ކަމުގައެވެ.

"ތިމާ ނިސްބަތްވާ ޕާޓީ ނޫން މީހަކު ކަމަކު އެދިއްޖެނަމަ ތިމާގެ ހުރި ނުބައިކަން ދައްކަން ބުނި މީހާ، އަދި ތިމާގެ ޕާޓީ މީހުންނަށް ނަގަންވީ އެއްޗެއް ނަގާފައި ނޫނީ އެހެން މީހަކަށް ނުދޭނެކަމަށް ބުނާ މީހާ، އޭނާގެ މައިން ބަފައިން ދަސްކޮށްދީފައިވާ އިސްލާމް ދީނާ، އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަ ވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން. އަދި އެއީ އިސްލާމް ދީނުގެ އަދުއްވެއްކަން. ދިވެހި ރައްޔިތުން އޭނަގެ ނުރައްކާތެރި ކަމާމެދު ސަމާލު ވާން ޖެހޭ." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance
  1. ހިޖުރަ

    މުނާފިގުންނަކީ ކާފަރުންނަށްވުރެވެސް ދީނަށް ނުރައްކާ ބައެއް.