Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އަލްޙަމްދު ލިﷲ! ޗައިނާއިން ކޮވިޑް19 އަށް އުފައްދާ ވެކްސިން މިއަހަރު ފަހުކޮޅަށް ނިމިދާނެ ކަމުގެ އުފާވެރި ހަބަރު

ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން އުފެއްދަމުން އަންނަ ވެކްސިން ގެ މަސައްކަތް ނިމި މި އަހަރުގެ ފަހުކޮޅަށް ވެކްސިން ތައްޔާރުކޮށް ނިމިދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އެގޮތުން ޗައިނާގެ ސްޓޭޓް އޯންޑް އެސްޓްސް ސުޕަވިޝަން ކޮމިޝަން (އެސްއޭއެސްއޭސީ) އިން ހާމަކޮށްފައިވާ ގޮތުގައި އެ ވެކްސިން ގެ މަސައްކަތް އެންމެ ފުރިހަމަ އަށް ކާމިޔާބުކޮށް ގޮސްފި ކަމުގައިވާނަމަ މި އަހަރު ނިމެން ޥާއިރަށް ވައިރަސް ތައްޔާރުކޮށް ނިމޭނެއެވެ.

މީގެ އިތުރުން ޗައިނާ ގެ އިތުރު ދެ ކުންފުންޏެއް ކަމަށް ވާ ދި ވޫހާން އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް އިންނާއި، ބެއިޖިން އިންސްޓިޓިއުޓް އޮފް ބައޮލިޖިކަލް ޕްރޮޑަކްޓްސް އިން ވެސް އަންނަނީ ވެކްސިން ގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންނެވެ.

Advertisement
Ooredoo — Truecaller (box)

ދި ވޫހާން އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް އިން މިހާރުވެސް ވަނީ އެ ކުންފުނިން އުފައްދާ ވެކްސިން ވުހާން ގެ 2000 މީހުނަށް ދީފައެވެ.

ޗައިނާއަކީ ކޮވިޑް19 އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމެވެ. ނަމަވެސް އެގައުމުގައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގައި ވަނީ ވައިރަސް ކޮންޓްރޯލް ކުރެވިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް