ދުނިޔެ

ބަލި ޖެހޭ މީހުން އިންތިހާއަށް އިތުރުވިޔަސް އިންޑިއާ ލޮކްޑައުން އަށް ލުއި ދެނީ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް އަންނަ މަހުން ފަށައިގެން ލޮކްޑައުން އަށް ލުއި ދޭން އެ ގައުމުން ނިންމައިފިއެވެ.

Ads by Sosun Fihaara

އެގޮތުން ލުއި ދޭން ހަމަޖެހިފައިވަނި ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ޖޫން 8 ވަނަ ދުވަހުން ފެށިގެން ގިނަ ސަރަހައްދުތަކެއްގައި ރެސްޓޯރެންޓް، ހޮޓާ، ޝޮޕިން ސެންޓަރު އަދި އަޅުކަން ކުރާ ތަންތަން ހުޅުވާލާނެ އެވެ.

އަދި ދެވަނަ ފިޔަވަހީގެ ދަށުން ޖުލައި މަހު، ސްކޫލްތަކާއި ކޮލެޖްތައް ހުޅުވާނެ އެވެ.

އެއަށް ފަހު އިންޓަނޭޝަނަލް ދަތުރުތަކާއި މެޓްރޯ ޚިދުމަތް، ސިނަމާ، ކުޅިވަރު ކުޅޭ ތަންތަން އަދި ޖިމްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ތިން ވަނަ ފިޔަވަހީގައެވެ.

ލޮކްޑައުން އަށް ލުއި ދިންނަމަވެސް ކޭސްތައް ގިނަ އިން ފެންނަ ސަރަހައްދުތައް އޮންނާނީ ވަރަށް ހަރުކަށި ލޮކްޑައުނެއްގައި ކަމަށް އިންޑިއާ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ލޮކްޑައުން އަށް ލުއި ދިންނަމަވެސް ހޮނިހިރު ދުވަހު އެކަނި ވެސް އެގައުމުން 8 ހާހަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!