ދުނިޔެ

ފްލޮއިޑްގެ މަރު: ތަޅާފޮޅުމަށް ގޮވާލާ، އެކަމަށް ހިތްވަރު ދިނުމަކީ ހައްލެއް ނޫން: ރޮޒައިނާ

ދެން އެމްވީ ، ދެން އޮންލައިން

ތަޅާފޮޅުންތަކަށް ގޮވާލައި އެކަންކަމަށް ހިތްވަރު ދިނުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރޮޒައިނާ މިގޮތަށް ވިދާޅުވެފައި މިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމެރިކާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅެނިކޮށް މަރުވި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ފްލޮއިޑް މަރުވެފައި ވަނީ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށްވެސް ގޮވަމުންނެވެ.

އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަޅާފޮޅުމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމަކީ ހައްލެއް ނޫން ކަމަށާއި އެކަންކަން ފޮރުވަން މަސައްކަތް ކުރުމަކީވެސް ހައްލެއް ނޫން ކަމަށެވެ. އެކަންކަމަށް ހައްލު ހޯދޭނީ އެންމެން އެކުގައި ސުލްހަވެރިކަމާއެކު މަސައްކަތް ކުރެވިގެން ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ މިގޮތަށް ޓްވީޓް ކޮށްފައިވަނީ ފްލޮއިޑް މަރުވެގެންދިޔަ ގޮތުގެ ޓައިމްލައިން ދައްކުވާދޭ ވީޑިއޯއެއް ޝެއާ ކުރުމަށްފަހު އެވެ.

ރޮޒައިނާ ވަނީ ފޮލައިޑްގެ މަރާއި ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސްޓޭޓްމެންޓެއް ހިމެނޭ ހަބަރެއް ހިމަނައި ޓްވީޓް ކުރައްވާފައެވެ. އެޓްވީޓްގައި ރޮޒައިނާ ވިދާޅުވީ އެމެރިކާއަށް މިއަދު ބޭނުން ވަނީ ބަރަކް އޮބާމާ ފަދަ ބޭފުޅެއް ކަމަށެވެ. އަދި ބަރަކް އޮބާމާގެ ބަސްފުޅުން އެމެރިކާއަށް ސުލްހަ މަސަލަސް ލިބިގެން ދިއުން އެދޭ ކަމަށެވެ.

ފޮލައިޑްގެ މަރާއި ގުޅިގެން އެމެރިކާގައި ދަނީ މުޒާހަރާތައް ހުއްޓުމެއްނެތި ކުރަމުންނެވެ. އެކަމާ ގުޅިގެން ބަރަކް އޮބާމާ ވިދާޅުވީ، ދާއިމީ ހައްލެއް ނުވަތަ ހެޔޮ ބަދަލެއް ފެނިގެންދާނީ އެންމެ ގުޅިގެން ސުލްހަވެރި މުޒާހަރާތަކެއް ކުރެވިގެން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!