Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އޮންލައިން ކްލާސް ގައި ބައިވެރި ނުވެވިގެން ކުއްޖަކު އަމިއްލައަށް މަރުވެއްޖެ

އިންޑިއާ ގެ ކެރެލާ ސިޓީގައި އޮންލައިން ކޮށް ކްލާސް ތައް ފެށިތާ ފުރަތަމަ ދުވަހު ކުއްޖަކު އަމިއްލައަށް މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަމިއްލައަށް މަރުވެފައިވަނީ އެކުއްޖާ ގެ ގޭގައި ޓީވީ އެއް އަދި ކްލާހުގައި ބައިވެރިވެވޭނެ އިތުރު ވަސީލަތެއް ވެސް ނެތުމުންނެވެ. ކެރެލާ ގައި ކްލާސްތައް ކުރިއަށް ގެންދަނީ ޓީވީ ޗެނަލެއް ކަމަށް ވާ ކައިޓް ވެކްޓާސް އަދި އޮންލައިން ކޮށެވެ.

ގްރޭޑު 10 ގައި ކިޔަވަމުންދިޔަ ދޭވިކާ ގެ އާއިލާ ގައި ހުންނަނީ އޭނާގެ ބައްޕަ އެކަންޏެވެ. ދުވަހު މުސާރައަށް މަސައްކަތް ކޮށްގެން އުޅުނު ދޭވިކާ ގެ ބައްޕަ ލޮކްޑައުންގެ ވަޒީފާއެއް ނުލިބި މުސާރަ ނުލިބޭތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ގޭގައި ޓީވީ އެއް ވެސް އަދި ސްމާޓް ފޯނެއް ވެސް ނުހުންނަ ކަމަށް އިންޑިއާ ޓައިމްސް އިން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ހޯމަ ދުވަހު ކެރެލާ ގެ ކްލާސްތައް ފެށިއިރު ގިނަ ކުދިން ތިބީ ޓީވީ ކުރިމަތީގައެވެ. ނަމަވެސް އެ ނަސީބު ނުލިބި ދޭވިކާ އެކަމާ ހިތްހަމަ ނުޖެހި ގެއިން ނިކުމެގެން ދިޔައީއެވެ. ދޭވިކާ ގެ ހަބަރެއް ނުވެ ގިނަ އިރުވުމުން އޭނާ ހޯދަން އާއިލާ އިން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ ގެއާއި 200 މީޓަރު ދުރު ހިސާބެއްގައި މަރުވެފައި އޮއްވައެވެ.

ދޭވިކާ މަރުވި ހިސާބުން ދެ ފުޅި ކަރާސީނު ތެޔޮ ވެސް ވަނީ ފެނިފައެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ދޭވިކާ ގެ ފޮތެއްގައި "އަހަރެން ދަނީ" މިހެން ލިޔެފައިވާ ނޯޓެއް ވަނީ ފެނިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް