ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުކުރެވޭ އިންޑިއާ މީހަކު ހައްޔަރުކޮށް، ފަސް ދުވަހުގެ މުއްދަތެއް ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Police, ފުލުހުން

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ފުލުހުން މިއަދު ހައްޔަރު ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ އިންޑިއާ މީހެކެވެ.

މިކަމާމެދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ 29 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 13:30 ހާއިރު މާލެއިން ފުރަން ގޮސް އެއާޕޯޓުގައި ހުރި އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނަކު "ބޮމެކޭ" ބުނެ ވާހަަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!