Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ދެމަފިރިކަމުގެ ގުޅުން ހިންގާއިރު މާސްކު އަޅަންވާނެ: ދިރާސާ

ދެމަފިރިކަމުގެ ގުޅުން ހިންގާއިރު މޫނުމަތީގައި މާސްކު އަޅަންވާނެ ކަމަަށް، ހޮވާޑް ޔުނިވާސިޓީގެ ރިސާޗަރުންތަކެއް ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ވެސް ކޮރޯނަަ ވައިރަސް ޖެހިދާނެ ކަމަަށާއި އެހެންކަމުން އެކަމުގައި އުޅޭއިރު ދެމަފިރިންވެސް މާސްކު އެޅުން ރަނގަޅުކަމަށް ރިސާޗަރުން ބުނެފައިވެއެވެ.

"ސެކްޝުއަލް ހެލްތު އިން ދަ ސާސް-ކޮވް-2 އީރާ" ގެ ނަންދެވިފައިވާ މިދިރާސާގައި، މާސްކު އެޅުމުގެ އިތުރުން ވެސް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

Advertisement
Ooredoo — Square (box)

އެގޮތުން އެދިރާސާގައި ބުނެފައިވަނީ ދެމަފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިންނާއި ފަހުން ފެންވެރުމަކީ ވެސް ކޮވިޑް-19 އިން ރައްކާތެރިކޮށްދޭނެ ކަމެއް ކަމަށެވެ.

މީގެއިތުރުން "އެންމެ ރަނގަޅު ގޮތަކީ ދެމަފިރިކަމުގެ ގުޅުން މިދުވަސްކޮޅު އެއްގޮތަކަށް ވެސް ނުކުރުން" ކަމުގައި ވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް