ދުނިޔެ

މިއަހަރު އިންޑޮނޭޝިއާގެ ރައްޔިތުން ޙައްޖަށް ދިޔުން މަނާކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި، އިންޑިނޭޝިއާގެ ރައްޔިތުން މިއަހަރު ޙައްޖަށް ދިޔުން މަނާކޮށްފިއެވެ.

Ads by Sosun Fihaara

އިންޑޮނޭޝިއާގެ ރިލިޖަސް އެފެއާސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އެންގި މިއެންގުމާއެކު، އިންޑޮނޭޝިއާ ވެފައިވަނީ މިއަހަރު ޙައްޖަށް ދިޔުން މަނާކުރި އެންމެ ފުރަތަމަ ޤައުމަށެވެ.

ކޮންމެ އަހަރަކު އިންޑޮނޭޝިއާއިން ޙައްޖަށް 220،000 އެއްހާ މުސްލިމުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޙައްޖަކީ ކެރި ކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކަށް ވެސް އުމުރުގެ އެއް ފަހަރު ނަމަވެސް އަދާ ކުރުން ވާޖިބު އަޅުކަމެކެވެ.

ނަމަވެސް މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް ގެ އަސަރު މިވަނީ ޙައްޖުގެ މާތް އަޅުކަމަށް ވެސް ފޯރާފައެވެ.

މިއަހަރުގެ ޙައްޖާއިމެދު ޤައުމުތަކުން ނިންމުން ނިންމާއިރު، ސައުދީ ސަރުކާރުން އަދިވެސް ދަނީ ޙައްޖުގެ އަޅުކަން މިއަހަރު ބާއްވާނެ ކަމާއިމެދު މަޝްވަރާތަށް ކުރަމުންނެވެ.

އިންޑޮނޭޝިއާގެ ރެލިޖަސް އެފެއާޒް މިނިސްޓަރ ފަޖްރުލް ރިއާޒީ ވިދާޅުވީ، ޙައްޖަށް ދިޔުން މަނާކުރަން ނިންމި ނިންމުމަކީ ވަރަށް ވެސް ހިތާމައާއެކު ނިންމި ނިންމުމެއް ކަމަށާއި އެއީ އެންމެންގެ ރައްކަލަކަށްޓަކައި ނިންމި ގޮތެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މީގެ އެއްމަސް ކުރިން އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ، ސައުދީ އަރަބިއާގެ ސަލްމާން ރަސްގެފާނާއި ވާހަކަ ދެއްކެވި ކަމަށާއި، ސައުދީއިން ނިންމަވާނެ ގޮތެއް އޮޅުން ފިލުއްވޭތޯ މަސައްކަތް ކުރެއްވި ކަމަށް ވެސް ރިއާޒީ ވިދާޅުވިއެވެ. ނަމަވެސް އެޤައުމުން އަދި ވަކިގޮތެއް ނުނިންމެވުމުން، އިންޑޮނޭޝިއާއިން މިފިޔަވަޅު އެޅީކަމަށް ވެސް ރިޔާޒީ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!