ދުނިޔެ

އިންޑިއާގެ ހޮސްޕިޓަލަކުން 479 ސިއްހީ މަސައްކަތްތެރިއަކު ކޮވިޑަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް(އެއިމްސް) ގައި މަސައްކަތް ކުރާ 479 ސިއްހީ ހިދުމަތްތެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by WAMCO

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފައްސިވެފައިވާ މީހުންގެ ތެރޭގައި 47 ނަރުހުންނާއި، 86 އެޓެންޑެންޓުންނާއި، 62 މަސައްކަތު މީހަކާއި 77 ސެކިއުރިޓީ މީހަކު ހިމެނެވެ. ނަމަވެސް މިއިން އެއްވެސް މީހަކު އެ ހޮސްޕިޓަލުގެ އެއްވެސް ބަލިމީހަކާ ބައްދަލުވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު އެ ހޮސްޕިޓަލުގެ ނަރުހުންގެ ޔޫނިއަނުން ވަނީ ޑިރެކްޓަރުގެ ޗެމްބަރު ކައިރީ މުޒާހަރާ ވެސް ކޮށްފައެވެ. އެ މީހުން ވަނީ ރަނގަޅު ފެސިލިޓީތައް ފޯރުކޮށް ނުދީފިނަމަ މަސައްކަތް ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.

އެ މީހުން ބުނީ އެތަނުގެ ހާލަތު ބަޔާން ކޮށް އެތައް ފަހަރެއްގެ މަތިން އިސް ބޭފުޅުންނަށް އަންގާފައި ވާނެ ކަމަށާއި ނަމަވެސް އަދިވެސް އެ ކަންކަމަށް ހައްލެއް ނުލިބޭ ކަމަށެވެ.

"އަހަރެމެން ބޭނުމެއް ނުވޭ މި އުނދަގޫ ވަގުތުގައި ހަޅުތާލު ކުރާކަށް. އެކަމަކު ފެންނަ ފެނުމަށް އެޑިމިނިސްޓްރޭޝަން މިވަނީ ފެއިލް ވެފައި." ނަރުހުންގެ ޔޫނިއަންގެ ރައީސް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!