މާސްކު ނާޅައި ބޭރަށް ނިކުތުމުން އަދަބެއްގެ ގޮތުން ފުލުހުން އެރީ ކަރަށް ފައިން
އިންޑިއާ ގެ ޖޯދްޕޫރުގައި މާސްކު ނާޅައި ބޭރަށް ދިޔަ މީހަކަށް އަދަބެއްގެ ގޮތުން ފުލުހުން އޭނާގެ ކަރަށް ފައިން އަރައިފިއެވެ. ފުލުހުން އޭނާގެ ކަރަށް ފައިން އަރާފައިވަނީ އޭނާ ޖޫރިމަނާ ހަދަން ދެކޮޅު ހެދުމުގެ ސަބަބުންނެވެ.
މި ހާދިސާ ގައި ފުލުހުން ހަމަލާ ދީފައިވަނީ އުމުރުން 40 އަހަރުގެ މުކޭޝް ކުމާރަށެވެ.
މި ހާދިސާ ހިނގުމާއެކު ގިނަ ބަޔަކު އަންނަނީ މި ހާދިސާ އާއި އެމެރިޚާ ފުލުހުން ދާދި ފަހުން ކަރަށް ފައިން އަރާ މަރާލި ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖް ފްލޮއިޑް ގެ މަރާއިި ގުޅުވާފައެވެ.
ނަމަވެސް ޖޯދްޕޫރު ޕޮލިހުން ބުނެފައިވާ ގޮތުގައި އެމީހާ އާއި މެދުގައި އެފަދައިން ކަންތައް ކޮށްފައިވަނީ އޭނާ މާސްކު ނާޅައި ހުއްޓާ ހިފެހެއްޓުމުން ޖޫރިމަނާ ދެއްކުމަށް ދެކޮޅު ހެދުމަށް ފަހު ފުލުހެއްގެ ފޯނު ޖަހައިގެނެގެން ފިލަން އުޅުމުންނެވެ.
ނަމަވެސް މި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. އަދި އެ ވީޑިއޯ ގައި އެފަދަ އެއްވެސް މަންޒަރެއް ނުފެންނަ ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.