ދުނިޔެ

މެކްސިކޯގެ މުޒާހަރާތަކުގައި ފުލުހެއްގެ ގައިގައި ރޯކޮށްލައިފި!

ދެން އެމްވީ ، ދެން އޮންލައިން

މެކްސިކޯގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި، ފުލުހެއްގެ ގައިގައި އަލިފާން ރޯކޮށްލައިފިއެވެ.

Ads by WAMCO

އެޤައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ގުއަޑަލަރަޖާރާގެ މަގުތައް މަތީގައި މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާ ކޮށްފައިވަނީ، މާސްކު ނާޅާހުރި މީހަކު ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުން އޭނާއަށް ކުރި އަނިޔާގެ ސަބަބުން، އޭނާގެ ސިކުނޑިއަށް ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ.

ޖިއޮވާނީ ލޯޕޭޒް ނަމަކަށް ކިޔުނު އެމީހާ ހައްޔަރު ކުރި ދުވަސްނޫން ދެން ޖެހިގެން އައި ދުވަހު މަރުވެފައިވާކަން ލޯކަލް ހޮސްޕިޓަލަކުން ޔަގީން ކޮށްދީފައިވާއިރު، އޭނާ ހައްޔަރު ކުރީ ފެތުރެމުން މިއަންނަ ކޮރޯނާ ވައިރަސްގެ ދުވަސްވަރު މާސްކު ނާޅާ މަގުމައްޗަށް ނިކުމެ އުޅުމުން ކަމަށް މެކްސިކޯ ފުލުހުން ވެސް ބުނެފައިވެއެވެ.

މެކްސިކޯގައި ކުރަމުންދާ މުޒާހަރާގެ ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، ފުލުސް މީހާ ސައިކަލަށް އަރައިގެން ދާން އުޅެނިކޮށް އޭނާގެ ފަހަތުގައި ހުރި މުޒާހަރާގެ ބައިވެރިއަކު، ފުލުސް މީހާގެ ބުރަކަށްޓަށް އަލިފާން ރޯވާފަދަ ލިކުއިޑެއް އަޅާ ރޯކޮށްލާ މަންޒަރެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ފުލުސް މީހާގެ ގައިގައި ރޯކޮށްލި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

ލޮޕޭޒްގެ މަރާއި ގުޅިގެން އެ ސަރަހައްދުގެ މުނިސިޕަލް ޕޮލިސް ޑިޕާޓްމަންޓުގެ ފަސް މެމްބަރަކުވަނީ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ފުލުހުންގެ އިސްވެރިއެއް ވެސް ހިމެނޭކަމަށް ސްޓޭޓް ޕްރޮސެކިއުޓަރ، އޮކްޓާވިއޯ ސޮލިސް މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވެއެވެ.

"ސަރުކާރުން މިވަނީ މުނިސިޕަލް ފުލުހުންނާއި މިހާރު ހަވާލުވެފައި. އެހެންކަމުން ކޮންމެ އޮފިސަރަކަށް ވެސް ޚާއްސަ ޓްރޭނިންގ އެއް ދެވޭނެ. މިޓްރޭނިންގ ހެދުމަށް ދެކޮޅުހަދާ އޮފިސަރުން ވަޒީފާއިން ވަކިކުރެވޭނެ" ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ގަވަރުނަރު އެންރިގް އަލްފަރޯ ވިދާޅުވެފައިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!