ދުނިޔެ

ކޮވިޑް19: އިންޑިއާ ގެ މިސްކިިތްތައް ހުޅުވާލައި ގައިދުރުކަމާއެކު ނަމާދުކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ފިޔަވަހި ތަކަކަށް ބަހާލައިގެން އިންޑިއާ ގެ ލޮކްޑައުން އަށް ލުއި ތަކެއް ދެމުން އަންނައިރު ފުރަތަމަ ފިޔަވަހީގެ ދަށުން މޯލްތަކާއި ރެސްޓޯރެންޓުތަކުގެ އިތުރުން އަޅުކަން ކުރާ ތަންތަން ވަނީ ހުޅުވާލާފައެވެ.

Ads by WAMCO

އެގޮތުން މިއަދު އިންޑިއާ ގެ މިސްކިތްތަކުގައި ވެސް ވަނި ނަމާދު ކުރަން ފަށާފައެވެ. މިސްކިތްތައް ވަނުމުގައި ސަލާމަތީ ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.

އެގޮތުން މިސްކިތްތަކަށް ވަންނަ ހުރިހާ މީހުން ސްކްރީން ކުރުމުގެ އިތުރުން ނަމާދުގެ ޖަމާއަތުގައި ސަފު ހަދާފައިވަނީ ވެސް ގައިދުރު ކަން ދަމަހައްޓައިގެންނެވެ.

ލޮކްޑައުން އަށް ލުއި ދީފައިވީ ނަމަވެސް އިންޑިއާ ގައި ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތު 24 ގަޑިއިރު ތެރޭގައި ވެސް ރެކޯޑު މިންވަރަކަށް މީހުން ވަނީ ފައްސިވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ވަނީ މިއީ ގައުމު ހުޅުވާލަން އެންމެ ރަނގަޅު ވަގުތުގެ ގޮތުގައި ވެސް ފާހަގަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!