ދުނިޔެ

ބައްޕަ އަދާ ކުރަމުން ދިޔަ ވަޒީފާ ހޯދުމުގެ ބޭނުމުގައި އިންޑިއާ މީހަކު އޭނާގެ ބައްޕަ މަރާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ބައްޕަ އަދާ ކުރަމުން ދިޔަ ވަޒީފާ ހޯދުމުގެ ބޭނުމުގައި އިންޑިއާ މީހަކު އޭނާގެ ބައްޕަ މަރާލައިފިއެވެ.

Ads by Sosun Fihaara

ހައިދަރުއާބާދުގައި ހިނގި މި ހާދިސާގައި އުމުރުން 58 އަހަރުގެ ނަރަސައިހް މަރާލި ކަމަށް އޭނާގެ ދަރިފުޅު 25 އަހަރުގެ ތިރުޕަތީ ވަނީ އެއްބަސްވެފައެވެ. އަދި ބައްޕަ މަރާލުމުގެ މަޤްޞަދަކީ ބައްޕަ އަދާ ކުރަމުން ދިޔަ ވަޒީފާ ހޯދުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަރަސައިހް މަސައްކަތް ކުރަމުން ދިޔަ ކުންފުނީގެ އުސޫލުތަކުގައިވާ ގޮތުގެ މަތީން ކުންފުނީގެ ވަޒީފާގައި ހުއްޓާ މުވައްޒަފަކު މަރުވެއްޖެނަމަ ހުސްވި މަޤާމް ލިބޭނީ އެމީހެއްގެ އާއިލާގެ މީހަކަށެވެ.

ނަރަސައިހްގެ މަރާއި ގުޅިގެން ފުލުހުން ކުރި ތަހްގީގުން ހައިރާން ކުރުވަނިވި އެތަކެއް ކަމެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އޭނާ މަރާލުމުގައި އޭނާގެ އަންހެނުން ނުވަތަ ކުދިންގެ މަންމަ އާއި ދަރިފުޅު ތިރުޕަތީގެ އިތުރުން ހަގު ދަރިފުޅު ބައިވެރިވެފައިވާ ކަމަށްވެސް ވަނީ އެނގިފައެވެ. އެގޮތުން މަންމައާއި ދެ ދަރީން ، ބައްޕަ މަރާލުމުގެ ރޭވުން ނިންމާ ، ތިރުޕަތީ ވަނީ ދިޔަ މަހުގެ 23 ވަނަ ދުވަހު ކޮއްކޮ އާއި މަންމަ އެހެން ސަރަހައްދަކަށް ފޮނުވާލާފައެވެ. އަދި 25 ވަނަ ދުވަހުގެ ރޭ އޮތްރޭ ބަނގުރާ ބޮއިގެން ގެއަށް އައިސް ބައްޕަ މަރާލީ ނޭވާ ހާސްކުރުވައިގެންނެވެ.

ބައްޕަ މަރާލުމަށްފަހު ތިރުޕަތީ ވަނީ އޭނާގެ މާމަގެ ގެއަށް ގޮސްފައެވެ. އެރޭ އެގޭގައި ނިދުމަށް ފަހު އަނެއް ދުވަހު ގެއަށް އައިސް އޭނާ ވަނީ ހާޓް އެޓޭކެއްގައި ބައްޕަ މަރުވެއްޖެ ކަމުގެ ޚަބަރު އާއިލާއަށް ދީ ޖަނާޒާގެ ކަންކަން ފަށާފައެވެ. އަދި ވަޒީފާ ހޯދުމަށް ބައްޕަގެ މަރާއި ގުޅޭ ގޮތުން ފުލުހުންގެ ރިޕޯޓް ބޭނުންވާތީ އޭގެ ފަހުން އޭނާ ވަނީ ފުލުހަށް ގުޅާ ބައްޕަގެ މަރުގެ ޚަބަރު ދީފައެވެ. ބައްޕަ މަރުވީ އެރޭ ވަރަށް ބޮޑަށް ރާބޮއެ، ނިދީގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޭނާ ފުލުހުންނަށް މަޢުލޫމާތު ދިން ނަމަވެސް ފުލުހުން އެގެއަށް އައިސް ހަށިގަނޑު ބެލުމުން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނުނެވެ. އެހެންކަމުން ފުލުހުން ހެދި އޮޓްޕްސީ އިން ، ނަރަސައިހްގެ މަރަކީ ގުދުރަތީ މަރެއް ނޫން ކަމަށާއި އޭނާ މަރުވެފައި ވަނީ ނޭވާ ހާސްވެގެން ކަން އެނގުނެވެ.

ފުލުހުން ހިންގި ތަހުގީގު ތަކުގައި ތުރިޕަތީ ކުށަށް އިޢުތިރާފް ވިއިރު ، ބައްޕަގެ ބަލި ހާލަތުގެ ގޮތުން ވަޒީފާ އަދާ ކުރެވެން ނެތް ކަމަށާއި ބައްޕަ ރިޓަޔާކޮށް އެ މަގާމު ތުރިޕަތީ އަށް ދިނުމަށް އެދި ކުންފުންޏަށް ކުރިން ހުށަހަޅާފައިވާ ކަން ވެސް ތަހުގީގުން އެނގުނެވެ. ނަމަވެސް ބައްޕަ ދުނިޔޭގައި ހުރުމުން ކުންފުނީގެ އުސޫލުތަކުގެ ތެރެއިން އެކަން ތުރިޕަތީއަށް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އަދި މެއިމަހުގެ 31 ވަނަ ދުވަހަކީ ބައްޕަ ރިޓަޔާ ކުރުމަށް ނިންމާފައިވާ ދުވަސް ކަމަށްވުމާއެކު އެ ވަޒީފާ ލިބެން އޮތް މަގަކީ ރިޓަޔާ ކުރުމުގެ ކުރިން ބައްޕަ މަރާލުން ކަމަށް ވެސް ، މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި ތުރިޕަތީ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!