ދުނިޔެ

ދަރިފުޅަށް ކިޔާނެ ނަމަކާއި މެދު ދެބަސްވެ އުފެދުނު މައްސަލައެއްގައި ސައުދީ ދެމަފިރިއަކު ވަރިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޙަޔާތުގެ ކޮންމެ އުމުރުފުރާއަކީ ވެސް ތަފާތު އިހްސާސްތަކެއް ގެނެސްދޭ ދުވަސްވަރެކެވެ. ކިޔެވުމުގެ ޙަޔާތް ނިމި ، ވަޒީފާ އަދާކޮށް ކައިވެނި ކުރާ ހިސާބުން މަންމައަކަށް ނުވަތަ ބައްޕައަކަށް ވުމީ އެންމެންގެ ވެސް ހުވަފެނެކެވެ. ލިބޭ އުފާވެރިކަމެކެވެ. ނަމަވެސް އެ އުފާވެރި ޙަޔާތް ބަރުބާދުކޮށް ދަރިންނާއެކު މައިންބަފައިން އުޅޭ ދިރިއުޅުން ''ވަރީ''ގެ ސިއްކަ ޖަހާ ނިންމާ މީހުން އަހަރެމެންގެ ތެރޭގައި ވެސް ވަރަށް ގިނައެވެ. ދިމާވާ ކުދި ކުދި މައްސަލަތަކުގައި މައިން އެކަނިވެރިކޮށްލުމަކީ އާދައިގެ ކަމެކެވެ. ދަރީގެ އެންމެ ޅަފަތުގައި ވެސް ހަމައެހެންމެ ދަރީންގެ މަދަރުސީ ދުވަސްވަރުގައި ވެސް މައިން ބަފައިން ވަކިވެގެން ދިޔުމަކީ އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ.

Ads by Sosun Fihaara

މިފަދަ ވަކިވުމެއް ، އާދައިގެ ކުޑަކުޑަ ކަމެއްގައި ސައުދީ އަރަބިއްޔާ އިން މިވަނީ ފެނިފައެވެ. އެގައުމުގެ ދެމަފިރިއަކަށް ލިބުނު ދަރިއަށް ކިޔާނެ ނަމަކާއި މެދު ދެބަސްވެ ، އުފެދުނު މައްސަލައެއްގައި ދެމީހުން ޖެހުނީ ވަރިވާށެވެ. ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ފިރިމީހާ ބޭނުންވީ އޭނާގެ ބައްޕަގެ ނަމުން ދަރިފުޅަށް ނަން ކިޔާށެވެ. ހަމައެހެންމެ އަނބިމީހާ ވެސް ބޭނުންވީ އޭނާގެ ބައްޕަގެ ނަން ދަރިފުޅަށް ދޭށެވެ.

މި ދެބަސްވުމުގައި ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލައަށް ނިމުމެއް ނައިސް ، އެދެމީހުންގެ ދެމެދުގައި ކުރިން ދިމާވި މައްސަލަތަކުގެ ވާހަކަތައް ވެސް ފެންމަތިވެ އެންމެ ފަހުން ޖެހުނީ ކައިވެނި ރޫޅާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!