ގއ. ތައުލީމީ މަރުކަޒުގެ އިތުރު ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެެ
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރު ދަރިވަރަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ އެ ސުކޫލުގެ އޭލެވެލްގައި ކިޔަވަމުން އަންނަ ދަރިވަރެއް ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއީ ދެއްވަދޫ ކްލަސްޓާ އާ ގުޅުންހުރި ކޭސް އެކެވެ. އެކުއްޖާ ވަނީ މީގެ ހަފްތާއެއް ކުރިން ދާންދޫއަށް ގޮސްފައެވެ. ދާންދޫގައި ވެސް ދެއްވަދޫ ކްލަސްޓާ އާ ގުޅުން ހުރި ކޭސްތަކެއް ވަނީ ފެނިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ދެވަނަ އަށް ފައްސިވި ކުއްޖާއަކީ ފުރަތަމަ ފައްސިވި ކުއްޖާ އާ އެއް ގެއެއްގައި ދިރިއުޅޭ ކުއްޖެކެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން، ވިލިނގިލި އަދި ދާންދޫ ވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
Ads by Allied Insurance