Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

އެމެރިކާއިން އުފެއްދި ކޮރޯނާވައިރަސް ވެކްސިން 30،000 މީހުންނަށް ޖަހައިގެން ޓެސްޓް ކުރާނެ

އެމެރިކާއިން އުފެއްދި ކޮރޯނާވައިރަސް ވެކްސިން 30،000 މީހުންނަށް ޖަހައިގެން ޓެސްޓް ކުރާނެ

އެމެރިކާގެ މޮޑަރނާ ކުންފުނިން ކޮރޯނާވައިރަހުން ދިފާޢުވުމަށް ތައްޔާރުކުރި ވެކްސިން ޓެސްޓްކުރުމުގެ އެންމެ ފަހުބުރުގައި 30،000 މީހުންގެ މެދުގައި ޓެސްޓް ކުރެވޭނެކަމަށް އެ ކުންފުނިން ހާމަ ކޮށްފިއެވެ.

މިކަން ހާމަ ކުރީ އެ ކުންފުނިން ނެރެނު ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައިވާ ގޮތުން މި ޓެސްޓް ކުރުންތައް މި ފެށޭ ޖުލައި މަސް ތެރޭގައި ފެށުމަށް ވަނީ ތައްޔާރުވެވިފައެވެ. މިއީ ކުރިން މި ޓެސްޓް ކުރުންތައް ފެށުމަށް ކުރިން ތާވަލުކުރި ތާރީޚަށްވުރެ މާ އަވަސް ތާރީޚެކެވެ.

މި ޓެސްޓް ކުރުންތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޑރ. ފައުޗީ މީގެ ކުރިން ހާމަ ކުރެއްވި ގޮތުގައި، އެންމެ ފަހުގެ ޓެސްޓް ކުރުން ތަކުގައި ބޭރުގައުމުތަކުގެ ބައެއް މީހުން ޝާމިލްކުރާނެއެވެ. ނަމަވެސް އެންމެ ފަހުގެ ތައްޔާރީތަކުގެ މަޢުލޫމާތު ހާމަކުރިއިރު މިކަން ހިމަނާފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުންވެސް މިކަމަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް މޮޑަރނާއިން ހާމަ ކުރިގޮތުގައި މިއީ ދުނިޔޭގައި މިހާތަނަށް އެންމެ ފުޅާދާއިރާއެއްގައި ވެކްސިނެއް ޓެސްޓް ކުރެވޭ ފަހަރަށް ވާނެއެވެ. މީގެ ކުރިން އިނގިރޭސިވިލާތުންވަނީ، އެސްޕިރިން ބޭނުންކޮށްގެން ކެންސަރަށް ފަރުވާލިބޭތޯ ބަލަން 11،000 މީހުންގެ މެދުގައި ޓެސްޓް ތަކެއް ކޮށްފައެވެ.

Advertisement
Ooredoo — Square (box)

މިވެކްސިންގެ ދެވަނަ ބުރުގެ ޓެސްޓްތައް 600 މީހަކަށް ބޭއްވިފައިވަނީ މި ޖޫންމަހުގެ ކުރީކޮޅުގައެވެ. މީގެ ކުރިން ކުރެވުނު ޓެސްޓްތަކުން އުއްމީދީ ނަތީޖާއެއް ދައްކާފައިވާ އިރު، ވެކްސިންގ ދަށް އަދި މަތި ޑޯޒްދިނުމުންވެސް ޓެސްޓް ކުރެވުނު މީހުންގެ ހަށިގަނޑުން އެންޓިބޮޑީ އުފެދޭކަން ވަނީ ކަށަވަރު ވެފައެވެ. އެހެންކަމުން މިފަހަރުގެ ޓެސްޓްގައި ބޭނުން ކުރެވޭނީ ކުރިން ބޭނުން ކުރި ވަރަށްވުރެ މަތީ ޑޯޒެކެވެ. އެއީ 100 މައިކްރޮގްރާމެވެ.
ވެކްސިންގެ ޓެސްޓްތައް ނިމުމުން ކުންފުނިން ގަސްތުކުރަނީ 2021 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކު 500 މިލިއަނާ 1 ބިލިއަނާ ދެމެދުގެ އަދަދަކަށް ވެކްސިން އުފެއްދުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް