ދުނިޔެ

މުޒާހަރާތައް ފުޅާވެ ތާރީޚީ ބިނާތަކަށް ގެއްލުންދޭތީ، އެފަދަ ބިނާތައް ރައްކާތެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަމަހު 25 ވަނަ ދުވަހު ވަރަށް އަނިޔާވެރިގޮތަކަށް އެމެރިކާގައި މަރާލެވުނު ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ނަޞްލީ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ދުނިޔޭގެ އެކި ހިސާބުގައި ކުރެވޭ މުޒާހަރާތަކުގައި، އަމިއްލަ މީހުންގެ މުދަލަށް ގެއްލުންދީ، ވިޔަފާރިތައް ލޫޓުވުމުގެ އިތުރުން ތާރީޚީ ބިނާތަކަށް ގެއްލުންދެމުންދާ މިންވަރު އިތުރުވުމުގެ ސަބަބުން އެކަމުން ރައްކާތެރި ވުމުގެ ގޮތުން އިނގިރޭސިވިލާތުގެ އެފަދަ ބިނާތައް ޙިމާޔަތްކޮށް، މުޒާހާރަކުރާ ފަރާތްތަކަށް ފަސޭހައިން ކައިރި ނުވެނޭނެހެން ބަންދުކުރުމުގެ މަސައްކަތް ލަންޑަންގެ މޭޔަރު ޞާދިޤް ޚާންގެ ޚާއްސަ ބެލުމުގެ ދަށުން ފަށައިފިއެވެ.

Ads by Sosun Fihaara

އެގޮތުން ލަންޑަންގެ އެންމެ މަޝްހޫރު ޗާޗިލް ބުދާއި، ޕާލިމެންޓް ސްކޮޔަރގެ އިތުރުން ސެނުޓާފް ވަނީ ވަށައިގެން ދަގަނޑުހޮޅިޖަހާ ކައިރިނުވެވޭނެހެން ހަދާފައެވެ. މިދިޔަ ހަފްތާގައި މުޒާހަރާގެ ބައިވެރިން ވަނީ އިނގިރޭސި ހަނގުރާމައިގެ ބަޠަލެއްކަމަށްވާ ޗާޗިލްއަކީ ވެސް ނަސްލީ ތަފާތު ކުރުން ގެންގުޅުނު މީހެންކަމަށް ބުނެ، އޭނާގެ ބުދުގެ ކައިރީގައި ސްޕްރޭއިން ލިޔެފައެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގާ އެގައުމުން މަރުވި މީހުންގެ ހަނދާނުގައި، ސެނުޓާފްގައި ހެދިފައިވާ ބިނާގެ މަތީގައި ނަގާފައިވާ ދިދައެއް އަންދާލުމަށްވެސް މުޒާހަރާގެ ބައިވެރިންވަނީ މަސައްކަތް ކޮށްފައެވެ.

މިދޔަ ހަފްތާގައި މުޒާހަރާގެ ބައިވެރިންވަނީ، 17 ވަނަ ގަރުނުގައި އަޅުން ގަނެވި ވިއްކާހެދި އެޑްވަޑް ކޯލްސްޓަންގެ ބުދު ވައްޓާލާ ސިޓީ ހާބަރުން މޫދަށް އެއްލާލާފައެވެ. ނަޞްލީ ތަފާތު ކުރުން ނައްތާލާ، އިންސާފު ހޯދުމަށް ގޮވާލާ ،ކޮންމެ ހަފްތާ ބަންދަކާއި ގުޅިގެން ފުޅާވާ މި މުޒާހަރާތަކުގެ ބައިވެރިންގެ ފަރާތުން، ތާރީޚް ދައްކައިދިނުމަށް ހެދިފައިވާ ބިނާތަކަށް ގެއްލުން ދީފާނެކަމުގެ ބިރަށް މި ތަންތަން ބަންދުކުރަން ޖެހުމަކީ ލަދުވެތި ކަމެއްކަމަށް ޕާލިމެންޓް މެމްބަރު އެލެގްޒެންޑަރ ސްޓެފޯޑްވަނީ ހާމަކޮށްފައެވެ.



Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!