ދުނިޔެ

ކޮވިޑް19: ސެޕްޓެމްބަރާ ހަަމައަށް އެމެރިކާ ގައި އިތުރު 100000 މީހުން މަރުވެދާނެ

ދެން އެމްވީ ، ދެން އޮންލައިން

ސެޕްޓެމްބަރު މަހުގެ ކުރިން އެމެރިކާ ގައި ކޮވިޑް19 ޖެހިގެން އިތުރު 100،000 މީހުން މަރުވެދާނެ ކަމުގެ ބިރު ހަވާޑް ޔުނިވާސިޓީގެ މާހިރަކު ދީފިއެވެ. އެމެރިކާ ގައި މަރުވާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައިވަނީ ހަވާޑް ގްލޯބަލް ހެލްތް އިންސްޓިއިޓް ގެ ޑިރެކްޓާ ޑރ. އާޝީޝް ޖާ އެވެ.

Ads by WAMCO

މިހާތަނަށް އެމެރިކާ ގައި 116,034 މީހަކު މަރުވެފައިވާއިރު، ކޮވިޑް19 ގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ވެސް އެމެރިކާ ގައެވެ.

އެންބީސީ ގައި ވާހަކަދައްކަވަމުން ޑރ. އާޝީޝް ވިދާޅުވީ މިހާރުވެސް އެމެރިކާ ގައި ދުވާލެއްގެ މައްޗަށް 800 އާ 1000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވަމުން އަންނައިރު، އެކަމަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އިތުރު އެއް ލައްކަ މީހުންމަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އާޝީޝް ވަނީ ކުރިއަށް އޮތީ ހޫނު މޫސުން ކަމުގައި ވުމާއެކު، ގިނަ ބަޔަކު ހޫނު މޫސުމުގައި ބީޗު ތަކާއި ތަންތަނަށް ގޮސް އުޅުމުގެ ތެރޭގައި ވައިރަސް އިތުރަށް ފެތުރިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!