Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އިޓަލީގެ ރީތި އަވަށަކުން އެއް ޕައުންޑަށް ގެ ވިއްކަނީ – މި އަވަށުގައި ކޮވިޑް-19 ގެ އެންމެ ކޭސްއެއްވެސް ނެތް

އިޓަލީގެ ރީތި އަވަށަކުން އެއް ޕައުންޑަށް ގެ ވިއްކަނީ – މި އަވަށުގައި ކޮވިޑް-19 ގެ އެންމެ ކޭސްއެއްވެސް ނެތް

އިޓަލީގެ ރީތި އަވަށަކުން އެންމެ ޕައުންޑަކަށް ގެ ވިއްކުމަށް ހުޅުވާލައިފިއެވެ.

އެގައުމުގެ ކެލެބްރިޔާގެ އަވަށެއް ކަމަށްވާ ސިންކުއިފްރޮންޑީގައި މީހުން ނޫޅެ އަދި ފަޅުވެފައި ހުންނަ ގެތައް އެންމެ ޕައުންޑަކަށް ވިއްކާލުމަށް ހުޅުވާލިއިރު މި އަވަށުން ކޮވިޑް-19 ގެ އެންމެ ކޭސްއެއްވެސް ފެނިފައެއް ނުވެއެވެ. ގޭގެ އަގުގެ ގޮތުގައި އެއް ޕައުންޑް ދެއްކުމަށްފަހު 250 ޕައުންޑްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމުން ގެ މިލްކު ކުރެވޭނެއެވެ.


ފަރުބަދައާއި ވާދީތަކުގެ އިތުރުން ކޯރުތައް ހިމެނޭ، ގުދުރަތީގޮތުން ރީތި މި އަވަށަކީ، އިޓަލީގެ ރީތި ގޮނޑުދޮށްތަކާއި އެންމެ 15 މިނިޓް ދުރުމިނުގައިވާ އަވަށެކެވެ. މިއަވަށުގައި އަޅާނުލާ ދޫކޮށްލެވިފައިވާ ގެތައް ގިނަ ކަމުން މުޅިއަވަށްވަނީ މަރާމާތުކުރަން ޖެހިފައެވެ. މިހާ ކުޑައަގެއްގައި ގެތައް ވިއްކުމަށް މޭޔަރ މިޝޭލް ކޯނިޔާ ހުޅުވާލާފައިވަނީ މި ސަބަބަށްޓަކައެވެ. އެހެންކަމުން ގެގަންނަ ފަރާތްތަކުން 3 އަހަރުގެ ތެރޭގައި ގެތައް މަރާމާރު ކުރަން ޖެހެއެވެ. އެކަން ނުކުރާނަމަ 20،000 ޕައުންޑުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Advertisement
Ooredoo — Square (box)

"އޮޕަރޭޝަން ބިއުޓީ"ގެ ނަމުން ނަންދީގެން ހިންގާ މި ޕްރޮޖެކްޓް ނިމޭއިރު މި އަވަށަކީ ރީތިކަމުގެ ގޮތުން ފާހަގަކޮށްލެވޭ އަދި ފަތުރުވެރިންގެ މަގްބޫލު މަންޒިލަކަށް ވާނެކަމަށް މޭޔަރު އުއްމީދު ކުރެއެވެ.
މިއީ ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ ފަތުރުވެރިކަން ހުއްޓިފައިވާ އިޓަލީގެ ފަތުރުވެރިކަން އަލުން ފެށުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މިއަވަށުގެ މީހުންވަނީ މިދިޔަ 20 އަހަރުގެ ތެރޭގައި ބޮޑެތި ސިޓީތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަދި ގެތައް ފަޅުކޮށްލާފައިވާތީ އެ އަވަށުގައި ދިރިއުޅޭ މީހުނަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތި ވެފައެވެ. މިގޮތަށް ފަޅުވެފައި ހުންނަ އަވަށްތަކުން، މަރާމާތުކުރުމަށް ޝަރުތުކޮށް ހެޔޮއަގުގައި ގެ ވިއްކުމަކީ އެހެން ބައެއް ގައުމުތަކުގައިވެސް ކުރާ ކަމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް