ޚަބަރު

މާފަށް އެދުމާއެކު، ފަސްޓް ލޭޑީގެ މައުލޫމާތާއި ޚަބަރު ވެސް ނަގަން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ކިޔާ އޮންލައިން ނޫހެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިިކަނބަލުން، ފަޒްނާ އަހުމަދާ ގުޅުވައިގެން، ޚަބަރެއްގައި ދޮގު މައުލޫމާތު ފެތުރިކަމަށް ބުނެ އެމައްސަލައިގައި މާފަށް އެދުމަށާއި ފަސްޓް ލޭޑީ ފަޒްނާގެ ފޮޓޯ އާއި މައުލޫމާތުތަކާއި އެޚަބަރު ވެސް ނެގުމަށް އެކަމަނާގެ ވަކީލުން އަންގައިފިއެވެ.

Ads by STELCO

މެޑަމް ފަޒްނާ ގެ ފަރާތުން "ދަ ލިޓިޖެންޓްސް" ލޯ ފާމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީއަށް ފޮނުވި ސިޓީގައި ވަނީ "ސުލްހަވެރި ހައްލެއްގެ" ގޮތުގައި ހުށަހެޅޭނެ ކަންކަން ބަޔާންކުރަން އަންގާތީ އެކަންކަން ފާހަގަ ކޮށްފައެވެ.

ލޯ ފާމުން ފޮނުވި ސިޓީގައި ބުނީ އެ މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު މީޑިއާ ކައުންސިލްގައި އޮތް ބައްދަލުވުމުގައި، އެ ކައުންސިލްގެ ގާނޫނާ ވެސް އެ ނޫހުން ހިލާފުވެފައިވާކަން ކައުންސިލްގެ ގާނޫނީ ވަކީލުން ފާހަގަކުރާ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަކުވާ އަރާ ފަރާތުން ބުނެފައިވަނީ 22 އޮކްޓޯބަރު 2020 ގެ އާޓިކަލް ޝާއިއުކުރި ފަހުން، ފުޓް ނޯޓެއްގައި ކަންކަން އިސްލާހް ކޮށްފައިވާނެ ކަމަށާއި އެގޮތުން ފަސްޓް ލޭޑީ ފަޒްނާއާ މެދު ލިޔެފައިވާ ވާހަކަތައް މުސްތަގިއްލު ގޮތެއްގައި ވެރިފައިކޮށްފައި ނުވާނެ ކަމަށް އެ ފުޓް ނޯޓުގައި ބަޔާން ކޮށްފައި ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން އެސިޓީގައި ބުނެފައި ވަނީ އާޓިކަލްގައި ހުރި ކަންކަން އެއީ ތެދުތޯ ނުވަތަ ނޫންތޯ އެނގޭނެ މީހަކު ނެތް ކަމަށް ބުނެފައިވާ ކަމަށާއި މީޑިއާ ކައުންސިލްގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަދި (ރ) އާއި އެ މާއްދާގެ (ކ) ގެ ދެވަނަ ނަންބަރާއި، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި، ކަމެއް އޮތްގޮތުގެ ތެދު މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!