Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ކޮރޯނާ ވައިރަހަކީ މޫސުމީ ވައިރަހެއް : ދިރާސާ

ކޮރޯނާ ވައިރަހަކީ މޫސުމީ ވައިރަހެއް : ދިރާސާ

ކޮރޯނާ ވައިރަހަކީ މޫސުމީ ބައްޔެއް ކަމަށާއި ވައިރަސް ފެތުރެނީ ވަކި މޫސުމެއް ކަމުގައި ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އެގޮތުން ދިރާސާވެރިން ވަނީ ވައިރަސް އެންމެ ގަދައަށް ފެތުރުނު ހިސާބުތަކުގައި މޫސުމީ އެއްގޮތް ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން މި ލިސްޓުގައި ވުހާން، އޭޝިއާ ގެ ބައެއް ހިސާބުތައް އަދި މިލާން އާއި ޕެރިސް ގެ އިތުރުން އެމެރިކާ ގެ ސީޓްލް ވަނީ ހިމަނާފައެވެ.

މި ސިޓީ ތަކުގައި ފިނިހޫނުމިން ދަށްވެފައި ހިއުމިޑިޓީ ވެސް ދަށް ކަން އެ ދިރާސާ ގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ވެސް ކޮވިޑް19 ގެ ސިފަތަކާއި އެހެނިހެން މޫސުމީ ރޯގާތަކާ ހުރި އެއްގޮތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ޔުނިވާސިޓީ އޮފް މަރީލެންޑު ސުކޫލް އޮފް މެޑިސިން އިން ކުރި މި ދިރާސާގައި ވަނީ ވައިރަހުގެ ނުރައްކާ ބޮޑު ހިސާބުތައް ފާހަގަކޮށް މެޕެއްވެސް ހަދާފައެވެ.

ޖާމާ ނެޓްވޯކް ގައި މިހާރު ޝާއިއުކޮށްފައިވާ ދިރާސާގައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން 50 އަށް ވުރެ ގިނަ ގައުމުތަކުގެ ކޮރޯނާ ވައިރަސް ގެ ތަފާސް ހިސާބުތައް ބަލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް