ދުނިޔެ

ކޮވިޑް19 ނެތްކަމަށް ކަނޑައެޅިތާ ދެ ދުވަސް ފަހުން ނިއުޒީލެންޑުން އިތުރު ދެ މީހުން ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ނެތްކަން އިއުލާނު ކުރިތާ ދެ ދުވަސް ފަހުން ނިއުޒީލެންޑުން އިތުރު ދެ މީހަކަށް ބަލި ޖެހިއްޖެއެވެ.

Ads by WAMCO

އަންގާރަ ދުވަހު ފެނުނު މި މީހުންނަކީ ފަހުގެ ތާރީހެއްގައި ޔޫކޭ އިން ނިއުޒީލެންޑަށް ދަތުރުކޮށްފައިވާ ދެމީހުނެވެ. މިއީ 24 ދުވަހަށް ފަހު ނިއުޒީލެންޑުން ކޮވިޑް19 ގެ ކޭސް އެއް ފެނުނު ފުރަތަމަ ފަހަރެވެ.

ނިއުޒީލެންޑުގައި ބަލި ނެތް ކަމަށް ކަނޑައަޅައި އިޖުތިމާއީ ގައިދުރުކަމާއި ކޮވިޑް19 އާ ގުޅިގެން އަޅަމުން އައި އެހެނިހެން ފިޔަވަޅުތައް އުވާލާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް އަދިވެސް ނިއުޒީލެންޑުގެ ބޯޑަރު ހުޅުވާލާފައެއްނުވެއެވެ.

ފާއިުވި ހަފްތާގައި ނިއުޒީލެންޑުގެ ކޮވިޑް19 ޖެހިފައިހުރި އެއްވެސް މީހެއްނެތް ކަން އިއުލާނުކށް ފިޔަވަޅުތައް އުވާލުމާއެކު ނިއުޒީލެންޑު ވެގެން ގޮސްފައިވަނީ މުޅި ދުނިޔެއިން ވެސް ކޮވިޑް19 ގެ ކުރިން އޮތް އާންމު ހާލަތަށް ރުޖޫއަވި ފުރަތަމަ ގައުމަށެވެ.

ގައުމުން ބޭރުގައި ތިބި ނިއުޒީލެންޑު ރައްޔިތުން ގައުމަށް އެނބުރި ގައުމަށް ގެނައުމުގެ މަސައްކަތް ފެށުމުން އިތުރު ކޭސްތައް ފެނިދާނެ ކަމަށް މީގެ ކުރިން ވެސް ނިއުޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންދާ އާރޑާން ވަނީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!