ދުނިޔެ

އެކަނިވެރިވުމުން މީހުން މަރުވާގޮތް އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

އެކަނިވެރި ދިރިއުޅުން އުޅޭ މީހުންނާއި ކުއްލިއަކަށް އެކަނިވެރިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ ނިސްބަތް ބޮޑުކަމަށާއި މިފަދަ މީހުން ގިނައިން ދުންފަތުގެ އިސްތިޢުމާލުކޮށް އެއިން ދުރުވުމުގައި އުނދަގުލާ ކުރިމަތިލާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގައި ހެދި މިދިރާސާގައި ހާމަވި އިތުރު ކަމަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުނަށް ރަހްމަތްތެރިންނާއި ބައިވެރިން ހޯދުމުގައި ދަތިތައް ދިމާވެ، އިތުރަށް އެކަނިވެރިވާކަމަށެވެ. ކޮރޮނާވައިރަސް އާއި ގުޅިގެން މިއައި ލޮކްޑައުންތެރޭގައި އެކަނިވެރިކޮށް އުޅުނު ގިނަ ބަޔަކު ދުންފަތުގެ އިސްތިޢުމާލުކުރަން ފެށިކަމަށް ވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

ޔުނިވަރސިޓީ އޮފް ބްރިސްޓުލްގެ މިދިރާސާގައި ބައިވެރިން ދިން މައުލޫމާތުގެ އިތުރުން އެމީހުންގެ ޖެނެޓިކް މައުލޫމާތުވެސް ވަނީ ދިރާސާކޮށްފައެވެ. ދުންފަތުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުން ފިލާ ސިކުނޑި ހަމަޖައްސާލާކަމަށް ގިނަ ބައިވެރިންވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ސިގިރެޓްފަދަ ތަކެތީގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރުން ސިގިރެޓް ބޯ މީހުން އެކަނިވެރިވާން ބޭނުންވުން މިއީ، މިކަން ވަށާޖެހި މިކަމުން ދުރުހެލިވާން އުނދަގޫވާ މައިގަނޑު ސަބަބުކަމަށްވެސް ވެސް ވަނީ ހާމަވެފައެވެ. 480،000 މީހުން ހިމަނައިގެން ހެދި މިދިރާސާއަކީ ދުނިޔޭގެ ނިސްބަތުން ހެދުނު މިފަދަ އެންމެ ބޮޑު ދިރާސާއެވެ.

އިނގިރޭސިވިލާތުގެ 2.2 މިލިއަން މީހުން ކުރިން ދުންފަތުގެ އިސްތިޢުމާލު ކުރިވަރަށްވުރެ އިތުރަށް މި ލޮކްޑައުން ތެރޭގައި އެކަން ކުރަމުން އަންނަކަމަށް ވަނީ ބެލެވިފައެވެ. ދުންފަތުގެ ސަބަބުން ޒުވާން އުމުރުގައި މީހުން މަރުވާ ނިސްބަތް 30 އިންސައްތަވަނީ މަތިވެފައެވެ. އޭގެ ސަބަބު ތަކުގެ ތެރޭގައި ކެންސަރުގެ އިތުރުން ހިތުގެ ބަލިތަކާއި ނޭވާލާނިޒާމުގެ ބަލިތައް ހިމެނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ފަރާތުން ނަފްސާނީ ބަލީގެ ނިޝާންތައް ފެންނަމިންވަރު މަތި ކަމަށް ޑޮކްޓަރުން ފާހަގަ ކުރެއެވެ. ރައްކާތެރިވެވޭނެ މަގު ފަހިވެފައި އޮވެމެ، އެ ބައްޔެއްގައި އެންމެ ގިނަމީހުން މަރުވަނީ ދުންފަތުގެ ސަބަބުން ދިމާވާ މިފަދަ ބަލިތަކުންކަން ރިސާޗްކުރާމީހުން ބުނާ ސަބަބަކީ މިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!