ދުނިޔެ

ޑިސެމްބަރ ނިމުމުގެ ކުރިން އިނގިރޭސިވިލާތުގެ އެންމެނަށް ކޮވިޑް ވެކްސިން ޖަހާ ނިމޭނެ ކަމަށް އޮކްސްފޯޑުން ލަފާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެ ކޮރޯނާވައިރަހަށް ވެކްސިނެއް ލިބުން އެދިއެދި އޮތް ދަނޑިވަޅެއްގައި، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ އިން އުފައްދަން މަސައްކަތް ކުރާ ވެކްސިންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރ ވަރަށް އުފާވެރި ޚަބަރެއް ދީފިއެވެ.

Ads by WAMCO

އިނގިރޭސިވިލާތުގެ މީޑިޔާއަކަށް މަޢުލޫމާތު ދެމުން ސަރ ޖޯން ބެލް ވަނީ ވަރަށް އަވަހަށް އެގައުމުގެ މީހުނަށް ވެކްސިން ލިބުމުގެ ފުރުސަތު އޮތްވަރާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މިކަން ހާމަ ކުރަމުން ޖޯން ބެލް ބުނީ އެންމެ ފުރިހަމަ ޖަވާބެއް ދޭން އެނގޭނީ މިހާރު ޓެސްޓްކުރެވެމުންދާ މީހުންގެ ނަތީޖާތައް ލިބުމުން ކަމަށާ އެކަން މި އަންނަ އޮގަސްޓް މަސް ނިމޭއިރަށް ޔަގީންވާނެކަމަށެވެ. ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ސްޕީޑް އާ ގުޅޭ ގޮތުން ޖޯން ބެލް ބުނީ މިފަދަ ވެކްސިނެއް އުފައްދަން އާންމުކޮށް 8 އަހަރު ނަގާ ކަމަށާ ނަމަވެސް އެމީހުން މިވެކްސިންގެ މަސައްކަތް ކުރީ 18 ހަފްތާއިން ކަމަށެވެ. އެހެންކަމުން މިދާ ސްޕީޑްގައި ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ސެޕްޓެމްބަރު މަސް ތެރޭގައި ވެކްސިން ޖަހަން ފެށޭނެކަމަށްވެސް ޖޯން ބެލް ހާމަ ކުރިއެވެ.

ވެކްސިންގެ އިތުރު ކްލިނިކަލް ޓެސްޓްތަކެއް ކުރުމަށްފަހު ވެކްސިން ބްރެޒިލް އަށް ފޮނުވައިގެން އެގައުމު 2،000 މީހުންގެ މެދުގައިވެސް ވެކްސިން ޓެސްޓް ކުރެވޭނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ޓެސްޓް ކުރުންތައް ނިމުމުން ގިނަ އަދަދަކަށް ވެކްސިން އުފެއްދުމުގެ މަސައްކަތްވެސް ކުރާނީ އެހެން ވެކްސިންތަކާ ޚިލާފަށް އަވަހަށް އެކަން ކުރެވޭނެ އުސޫލެއްގެ ދަށުންނެވެ. އެހެންކަމުން ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަސްތެރޭގައި ތަރައްގީވެފައިވާ ގައުމުތަކުގައި ވެކްސިން ދޭން ފެށޭނެ ކަމަށް ލަފާ ކުރެވޭކަމަށް ޖޯން ބެލް ހާމަކުރިއެވެ. ހަމަ މިދުވަސް ވަރާ ދިމާކޮށް މުޅި ދުނިޔޭގައި ވެސް މި ޕްރޮގްރާމްގެ ހިންގުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ޖޯން ފާހަގަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!