Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ޗައިނާ އާއި އިންޑިއާގެ ހަމަލާތަކުގައި، އިންޑިއާގެ 20 ސިފައިން މަރުވެއްޖެ

ޗައިނާ އާއި އިންޑިއާގެ ހަމަލާތަކުގައި، އިންޑިއާގެ 20 ސިފައިން މަރުވެއްޖެ

ޗައިނާ އާއި އިންޑިއާ އާއި ދެމެދު ހިނގި ހަމަނުޖެހުމުގެ ސަބަބުން، އިންޑިއާގެ 20 ހަނގުރާމަ މަތީ ސިފައިން މަރުވެއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ގަލްވާން ސަރަޙައްދުގަައި ހިނގި ހަނގުރާމައިގައި އެރޭ އިންޑިއާގެ 17 ސިފައިން ޒަޚަމްވި ކަމަށާއި ލިބުނު ޒަޚަމްތަކުގެ ސަބަބުން އެމީހުން ފަހުން މަރުވީ ކަމަށް އިންޑިއަން އާމީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އޭގެ އަނެއް ދުވަހު އިތުރު ތިން ސިފައިން މަރުވި ކަމަށާއި އޭގެ ތެރޭގަައި މޭޖަރ އެއް ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު މިދެޤައުމުގެ ހަނގުރާމަ ވެރިންވެސް ވަނީ އެސަރަޙައްދު ދޫކޮށް ގޮސްފައެވެ.

Advertisement
HDC — Sidebar (box)

އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވަނީ އުތުރު ލަދާކް ގައި ދިން މިހަމަލާގެ ތަފްސީލެއް ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އާއި ހިއްސާކޮށްފައެވެ.

މިއީ 1975 ގެ ފަހުން އިންޑިއާ އާއި ޗައިނާ އާއި ދެމެދު ހިނގި ފުރަތަމަ ހަނގުރާމައެވެ. އެހަނގުރާމައިގައި ހަތަރު އިންޑިއާ ސިފައިންނާއި 5 ޗައިނާ ސިފައިން މަރުވިއެވެ.

ރިޕޯޓުތަކުން ހާމަވާ ގޮތުގައި މިފަހަރުގެ ހަނގުރާމަ ނިންމާލީ ދެޤައުމުގެ ވެސް މޭޖާރ ޖެނެރަލުން ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް