ދުނިޔޭގެ އެންމެ ބޮޑު ކޮވިޑް ފެސިލިޓީ އިންޑިއާ ގައި ހުޅުވަނީ
ްއިންޑިއާ އަކީ ކޮވިޑް19 ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ އެއް ގައުމެވެ. އިންޑިއާ އިން ދުވާލެއްގެ މައްޗަށް އެތައް ހާސް ބައެއް މި ބައްޔަށް ފައްސިވަމުން އަންނައިރު ހޮސްޕިޓަލު އެނދުތަކަުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
އެއާއެކު އިންޑިއާ އިން މިހާރު އަންނަނީ މުޅި ދުނިޔޭގައި ވެސް ގާއިމްކުރާ ކޮވިޑް19 ގެ އެންމެ ބޮޑު ފެސިލިޓީ އެގައުމުގެ ވެރި ރަށް ދިއްލީ ގައި ވަގުތީ ގޮތުން އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ރާދާ ސޯމީ ސްޕިރިޗުއަލް ސެންޓަރު ކޮވިޑް ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިތަނުގައ 10،000 މީހުންގެ އެނދުގެ ޖާގަ ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެެވެ.
ހަމައެހެންމެ މި ފެސިލިޓީގައި ބޭނުންކުރާނީ ބޯކަރުދާހުން ހަދާފައި ހުންނަ އެނދެވެ.
މި ފެސިލިޓީގެ އެނދުގެ މަސައްކަތް ކުރަމުން އަންނަ ދާވަން ބޮކްސް ޝީޓު ކޮންޓެއިނާސް ގެ މެނޭޖިން ޑިރެކްޓަރ ވިކްރާމް ދާވަން އެންޑީޓީވީ އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ބޯ ކަރުދާހުގައި ވައިރަސް ހަރުލާ ހުންނަނީ 24 ގަޑިއިރު ކަމުން މި އެނދުތައް ސެނިޓައިޒް ކުރާކަށް ނުޖެހޭނެއެވެ. ދަގަނޑު، ޕްލާސްޓިކް އަދި ލަކުޑި އެނދުތަކުގައި ވައިރަސް 5 ދުވަހަށް ވުރެ ގިނަ ދުވަހު ހަރުލާ ހުންނަ ކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.