ދުނިޔެ

އަނެއްކާވެސް ސެލެބްރިޓީއެއްގެ މަރެއް ، މިފަހަރު ލަވަކިޔުންތެރިއެއް

ދެން އެމްވީ ، ދެން އޮންލައިން

ސައުތު ކޮރެއާގެ ބޭންޑެއްކަމަށްވާ ''ޓީއެސްޓީ"ގެ ތަރި ކިމް ޖިއެން ހުވަން ، މަޝްހޫރު ނަމުންނަމަ ޔޮހާން މަރުވެއްޖެއެވެ.

Ads by WAMCO

އިންޑިއާގެ މަޝްހޫރު ތަރި ސުޝާންތު ރާޖުޕޫތު މިމަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވުމާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާ މެދު ބަހުސް ކުރެވެމުންދާ މި ދަނޑިވަޅުގައި ، ޔޮހާން މަރުވިއިރު އޭނާގެ މަރާއި ގުޅިގެން ވެސް އާންމުން ގެންދަނީ ތަފާތު ސުވާލުތައް އުފައްދަމުންނެވެ.

ޔޮހާން މަރުވިކަން ޔަގީން ކޮށްދެމުން އާއިލާއިން ބުނެފައިވަނީ އޭނާގެ ވަކިވެ ދިޔުމަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި ޔޮހާން މަރުވުމުގެ ސަބަބާއި މެދު ދޮގު ވާހަކަ ނުފެތުރުމަށް އެދޭ ކަމަށެވެ.

އޭނާ މަރުވި ސަބަބު އާންމުކޮށް އަދި އެނގިފައެއް ނުވެއެވެ.

28 އަހަރުގެ ޔޮހާން ޓީއެސްޓީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ދެއަހަރު ދުވަހު މަސައްކަތް ކުރީ ''އެންއޯއެމް'' ކިޔާ ބޭންޑެއްގައެވެ. ޓީއެސްޓީގެ އެންމެ ފަހުގެ އަލްބަމް ''ކައުންޓްޑައުން''އަށް ސައުތު ކޮރެއާގައި ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މިމަހުގެ 16 ވަނަ ދުވަހު މަރުވި ޔޮހާންގެ ޖަނާޒާގެ ކަންކަން އޮންނާނީ މިއަދު އެވެ. ސެލެބްރިޓީންގެ މައްސަލަ ބޮޑު ދިރިއުޅުމާއި ގުޅިގެން އަބަދު ވެސް އާންމުގެ ތެރޭގައި ވާހަކަ ދެކެވެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރ މަހުގައި ވެސް ސައުތު ކޮރެއާގެ ތަރިއެއް އޭނާގެ ގޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި އޭގެ ކުރިން އޭނާގެ ބަރަހަނާ ވީޑިއޯ އެއް ވެސް ވަނީ އާންމު ވެފައެވެ. ހަމަ އެހެންމެ ކޮރެއާގެ ކިމް ކާޑަޝިއަންގެ ނަމުން މަޝްހޫރު 25 އަހަރުގެ ސުއްލި ވެސް މިދިޔަ އޮކްޓޯބަރގައި ވަނީ އަމިއްލަ އަށް މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!