ދުނިޔެ

ކޮވިޑް19: ލައިބްރަރީ ބަންދު ކުރުމުން ، ކުދިންނަށް ފޮތް ފޮނުވަން ފެށީ ޑްރޯން މެދުވެރިކޮށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ފުރަބަންދާއި ގުޅިގެން ސުކޫލުތަކާއި ޕާކްތަކާއި ލައިބްރަރީގެ އިތުރުން ބީޗްތައް ފަދަ ތަންތަން ބަންދު ކުރުމުން އެންމެ ބޮޑު ފޫހިކަމެއް ލިބިފައި ތިބި ބަޔަކީ ކުޑަކުދިންނެވެ. ޚާއްޞަކޮށް ފޮތް ކިޔުމާއި އެހެނިހެން ކަންކަމުގައި ސުކޫލުގައި ގިނަ ވަަގުތު ހޭދަ ކުރާ ކުދީންނެވެ. އެމެރިކާގެ މޮންޓްގޮމެރީ ޕަބްލިކް ސްކޫލުގެ މިފަދަ ކުދީންނަށް އެ ސުކޫލުގެ ލައިބްރޭރިއަންއެއް ކަމަށްވާ ކެލީ ވަނީ ޑްރޯން އެއް ބޭނުން ކޮށްގެން ފޮތް ފޯރު ކޮށްދޭން ފަށާފައެވެ.

Ads by Sosun Fihaara

މި މަސައްކަތާއި ގުޅޭ ގޮތުން ކެލީ ބުނެފައިވަނީ ލައިބްރަރީގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ދަރިވަރުންނާއި އޭނާއާއި އޮންނަ ގުޅުން ދެމެހެއްޓުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ފުރަބަންދާއި ގުޅިގެން އެގުޅުން މެދުކެނޑުނު ކަމަށެވެ. އެހެންކަމުން އިޖުތިމާޢީ ގައިދުރުކަމުގައި ތިބެވެސް އެ ގުޅުން ދެމެހެއްޓިދާނެ ގޮތްތަކާއި މެދު ވިސްނަމުން ދިޔަ ކަމަށާއި ޑްރޯން އިން ފޮތ ްފޮނުވައި ދިނުމަކީ އެގޮތުން އައި ޚިޔާލެއް ކަމަށެވެ.

''ގޫގުލްގެ ޕޭރެންޓް ކޮމްޕެނީ، އަލްފަބެޓްގެ ޑްރޯންގެ ޚިދުމަތް ''ވިންގް'' އަހަރެން އާއިލާ މީހުން ވެސް ބޭނުންކުރޭ ، އެގޮތުން ވިސްނުނީ މިކަމަށް ވިންގްގެ ބޭނުން ހިފަން ، މި ޚިޔާލު ސުކޫލުގެ ސްޕްރިންޑެންޓާއި ހިއްސާކުރުމުން އޭނާވެސް ވަގުތުން އެއްބަސްވި" ވިންގްގެ އެހީގައި ފޮތް ފޮނުވަން ފެށުނު ގޮތާއި ގުޅޭގޮތުން ކެލީ ބުންޏެވެ.

މޮންޓްގޮމެރީ ޕަބްލިކް ސްކޫލުގެ ލައިބްރަރީގެ ޚިދުމަތް މިހާރު ހަމަޖެހިފައިވާ ގޮތުން ކުދިން ފޮތްތަކަށް އޮންލައިންކޮށް ރިކުއެސްޓްކުރުމުން އެ ހުރިހާ ރިކްއެސްޓްތަކެއް ބަލައިގަނެ ، ފޮތްތައް ޕެކްކޮށ ޑެލިވަރީ ފޮށިތަކުގައި ''ވިންގް''އާއި ކެލީ ހަވާލު ކުރާނެއެވެ. އަދި ''ވިންގުން'' ޑްރޯންގެ އެހީގައި ގޭގެއަށް ފޮތް ފޯރުކޮށްދޭނެއެވެ.

މޮންޓްގޮމެރީ ސުކޫލަކީ މުޅި ދުނިޔެއިން ވެސް މިފަދަ ޚިދުމަތެއް ދޭ ފުރަތަމަ ސުކޫލެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!