Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ފޮޓޯއިން މިފެންނަނީ ހުދުކުލައިގެ ގަހެއްތަ؟

ފޮޓޯއިން މިފެންނަނީ ހުދުކުލައިގެ ގަހެއްތަ؟

ޤުދުރަތީ ރީތިކަމަކީ ކޮންމެ މީހަކު ވެސް އާޝޯޚު ކުރުވަނިވި މަންޒަރުތަކެކެވެ.

މީހެއްގެ ކެމެރާއަކުން ދާދި ފަހުން މިވަނީ އެފަދަ މަންޒަރެއްގެ ފޮޓޯ ނެގިފައެވެ.

މިފޮޓޯ ނެގުމަށް ފޮޓޯގްރާފަރ ކައިލް ރަސެލް އެލަން، ހަގީގަތުގައި އެންމެ ފުރަތަމަ ކުރީ ވީޑިއޯ އެވެ. އެރެއަކީ ކޮންމެވެސް ވަރަކަށް ވިއްސާރަ ރެއަކަށްވެފައި، ވިދާ ރެއަކަށް ވެސް ވުމުން އެމަންޒަރުތައް އޭނާ ނަގަން ބޭނުންވިއެވެ.

Advertisement
Allied — Dhen Online (box)

ވިދަމުން ދިޔަ މަންޒަރެއް ރިކޯޑުކުރަން ވީޑިއޯ ސެޓުކޮށް، ފަހުން އެމަންޒަރުތައް އޭނާ ފޮޓޯތަކެއް ފަދައިން ނެގުމަށް އެޑިޓު ކުރިއެވެ.

ކައިލް އަށް ނެގިފައިވާ މަންޒަރު ފެނިފައި ޚުދު އޭނާވެސް ހައިރާންވިއެވެ. ވަރަށް ބޮޑަށް ވިދާލި މަންޒަރު ރިކޯޑުވެފައިވާއިރު، ފޮޓޯއިން ހީވަނީ އެއީ ހުދު ކުލައިގެ ގަހެއްހެންނެވެ.

ޓެކްސަސްގެ ލަބޮކްގައި ނަގާފައިމިވާ ފޮޓޯ ކައިލް މީސްމީޑިއާގައި ހިއްސާ ކުރުމުން، އިސާހިތަކު އެފޮޓޯވަނީ ވައިރަލްވެފައެވެ.

ކައިލް ނެގި މިފޮޓޯއަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

ވިދާ މަންޒަރަކީ އެއްބަޔަކަށް ވަރަށް ރީތި މަންޒަރަކަށްވާއިރު، އަނެއްބަޔަކު ސިފަކުރަނީ އެއީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް