ދުނިޔެ

އައިސްލެންޑުގެ ރައްޔިތުން މިހާރު ކޮވިޑް-19ގެ މަތިން ހަނދާން ވެސް ނެތް!

ދެން އެމްވީ ، ދެން އޮންލައިން

ގާތް ގަނޑަށް ކޮވިޑް-19 ނައްތާލެވިފައިވާ އައިސްލެންޑުގައި މިހާރު ހުރިހާ ކަމެއް ވެސް ހިނގަނީ ކުރިއެކޭ އެއްގޮތަށް އާދައިގެ އުސޫލުތަކުގެ މަތިންނެވެ. ރެސްޓޯރެންޓުތަކާއި ޕާކުތައް ފަދަ ތަންތަން މިހާރު އޮންނަނީ ފުރިފައެވެ.

Ads by Sosun Fihaara

ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއް ކަމަށްވާ އައިސްލެންޑަށް މިހާރު ފަތުރުވެރިން ޒިޔާރަތް ކުރުމަށް ހުރަހެއް ނެތެވެ. އެ ގައުމުގައި ކޮވިޑް ފެތުރުންހެން ވެސް މިހާރު ހީނުވެއެވެ.

އާންމުކޮށް މިދުވަސް ވަރު ފުރިފައި އޮންނަ އައިސްލެންޑު، ކޮވިޑްގެ ސަބަބުން މިހާރު އޮތީ ހުސްކޮށެވެ. ނަމަވެސް މަދުން ނަމަވެސް އަންނަ ބަޔަކަށް އެ ގައުމުގެ ހޫނު ސްޕްރިންގުތަކުން ޖާގަ ހޯދުމަށް އެއްވެސް ދަތިކަމެއް ކުރިމަށްޗެއް ނުވެއެވެ.

ގާތްގަނޑަކަށް ރާއްޖެއާ އެއްވަރެއްގެ އާބާދީއެއް އޮންނަ އައިސްލެންޑުގައި ކޮވިޑް ފެތުރެން ފެށި ދުވަސްވަރު ގިނަ ބަޔަކު ތިބީ ހާސްކަމެއްގެ ތެރޭގައިއެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ކުރި ބުރަ މަސައްކަތާއެކު މިހާރު އެ ގައުމުގައި ކޮވިޑްގެ އެކްޓިވް އުޅެނީ އެންމެ ފަސް ކޭސްއެވެ. މިއާއެކު އެ ގައުމުގެ ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ޖޫން މަހުގެ 17 ވަނަ ދުވަހު އެ ގައުމުގައި ގައުމީ ދުވަސް ފާހަގަ ކުރި އިރު، މާސް އަޅައިގެން ތިބި ބަޔަކު ނުފެނެއެވެ. އަދި ގައިދުރުކަމެއް ވެސް ނެތެވެ.

ކަންމިހެން އޮތް ނަމަވެސް އެ ގައުމުން ކޮވިޑް ނަގަނީ ވަރަށް ސީރިއަސް ކޮށެވެ. އައިސްލެންޑަށް އެތެރެވާ ކޮންމެ މީހަކު ހުންނަން ޖެހޭނީ މާސްކު އަޅައިގެންނެވެ. މީގެ ގައުމަށް އަންނަ މީހުންގެ ކަރުތެރެ އާއި ނޭފަތް ސާފްކުރުމަށް ހާއްސަ ފިލްޓަރެއް ބޭނުންކޮށް ކޮވިޑް ނެތްތޯ ޔަގީން ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!