ދުނިޔެ

ސަމާލުވޭ! ސެލްފީތައް ރީތިކުރަންވެސް މިއެޕްލިކޭޝަންތައް ފޯނަށް ނާޅަން ގޫގްލްއިން ބުނެފި!

ދެން އެމްވީ ، ދެން އޮންލައިން

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ގޫގްލްއިން އިންޒާރެއް ނެރެފިއެވެ.

Ads by Sosun Fihaara

އެގޮތުން ގޫގްލް އިން ބުނެފައިވަނީ ފޯނުން ނަގާ ސެލްފީތައް އިތުރަށް ރީތިކުރުމަށާއި އެހެން ކެމެރާތައް ހިމެނޭ 38 އެޕްލިކޭޝަނެއް، ފޯނަށް ނާޅާ ސަމާލުވުމަށެވެ.

ގޫގްލްއިން ބުނެފައިވަނީ އެއެޕްލިކޭޝަންތަކުގެ ސަބަބުން ކަސްޓަމަރުންނަށް ގެއްލުމެއް ވެދާނެ ކަމަށާއި އެއީ މަކަރު ހަދައިގެން ބަޔަކު ހަދާފައިވާ އެޕްލިކޭޝަންތަކެއް ކަމަށެވެ.

"ފޮޓޯ ރީތިކުރުމަށް" ކަމަށް ބުނެ އެކި ފިލްޓަރުތައް ވެސް ހިމަނާފައިވާ މިއެޕްލިކޭޝަންތައް އެޅުމުން އެމީހަކަށް ނުވެސް އެނގި، އެހެން ސައިޓުތަކަށް ވަދެވެއެވެ. އަދި އިސްތިހާރުތަކުގެ ސަބަބުން އެއެޕްލިކޭޝަނުން ނިކުންނަންވެސް އުނދަގޫވެ ފޯނު ބޭނުން ނުކުރެވޭ ހިސާބަށްދެއެވެ.

ގޫގްލް ސްޓޯރުން މިހާރުވެސް މިއެޕްލިކޭޝަންތައް ނަގާފައިވީ ނަމަވެސް، އެހެން ގޮތްގޮތުން މީހުން ވަނީ މިއެޕްލިކޭޝަންތައް ފޯނަށް އަޅާފައެވެ. އެހެންކަމުން ގޫގްލްއިން ވަނީ މިކަން އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެއެޕްލިކޭޝަންތަކަކީ:

▪︎ޔޮރޮކޯ ކެމެރާ

▪︎ސޯލޫ ކެމެރާ

▪︎ލައިޓް ބިއުޓީ ކެމެރާ

▪︎ބިއުޓީ ކޮލާޖް ލައިޓް

▪︎ބިއުޓީ އެންޑް ފިލްޓާރސް ކެމެރާ

▪︎ފޮޓޯ ކޮލާޖްއެންޑް ބިއުޓީ ކެމެރާ

▪︎ބިއުޓީ ކެމެރާ ސެލްފީ ފިލްޓާރ

▪︎ގެޓީ ބިއުޓީ ކެމެރާ

▪︎ ޕޭންޑް ސެލްފީ ބިއުޓީ ކެމެރާ

▪︎ ކައޫން ފޮޓޯ އެޑިޓާ އެންޑް ސެލްފީ ބިއުޓީ ކެމެރާ

▪︎ ބެންބު ސެލްފީ ބިއުޓީ ކެމެރާ

▪︎ ޕިނަޓް ސެލްފީ ބިއުޓީ ކެމެރާ އެންޑް ފޮޓޯ އެޑިޓާރ

▪︎ މޫޑް ފޮޓޯ އެޑިޓާރ

▪︎ ރޯސް ފޮޓޯ އެޑިޓަރ އެންޑް ބިއުޓީ ކެމެރާ

▪︎ ސެލައިފް ބިއުޓީ ކެމެރާ އެންޑް ފޮޓޯ އެޑިޓާރ

▪︎ ފޮގް ސެލްފީ ބިއުޓީ ކެމެރާ

▪︎ ފަސްޓް ސެލްފީ ބިއުޓީ ކެމެރާ އެންޑް ފޮޓޯ އެޑިޓާރ

▪︎ ވާނޫ ސެލްފީ ބިއުޓީ ކެމެރާ

▪︎ ސަން ޕްރޯ ބިއުޓީ ކެމެރާ

▪︎ ފަނީ ސްވީޓް ބިއުޓީ ކެމެރާ

▪︎ ލިޓްލް ބީ ބިއުޓީ ކެމެރާ

▪︎ ބިއުޓީ ކެމެރާ އެންޑް ފޮޓޯ އެޑިޓަރ

▪︎ ގްރާސް ބިއުޓީ ކެމެރާ

▪︎ އެލެ ބިއުޓީ ކެމެރާ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!