Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޮވިޑް19: ބަލި ޖެހުނު މީހުންގެ އަދަދު 1 މިލިއަނަށް އެރި ދެވަނަ ގައުމަކަށް ބްރެޒިލް

ކޮވިޑް19: ބަލި ޖެހުނު މީހުންގެ އަދަދު 1 މިލިއަނަށް އެރި ދެވަނަ ގައުމަކަށް ބްރެޒިލް

ކޮވިޑް19 ގެ ބިރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުން އަންނައިރު ވައިރަސް ކޮންޓްރޯލް ނުވެ ބައެއް ގައުމުތަކުގައި އަދިވެސް އަންނަނީ ފެތުރެމުންނެވެ.

އެގޮތުން މިހާރު ވައިރަސް އެންމެ ހަލުވިކޮށް ފެތުރެމުން އަންނަ އެއް ގައުމަކީ ބްރެޒިލްއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ބްރެޒިލް އިިން 54000 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު ބްރެޒިލް އިން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ އެއް މިލިއަނަށް ވުރެ ގިނަވެފައެވެ.

Advertisement
Ooredoo — Square (box)

ބްރެޒިލް އަކީ މުޅި ދުނިޔެއިން ވެސް ވައިރަސް ޖެހުނު ޟިހުންގެ އަދަދު 1 މިލިއަނަށް އެރި ދެވަނަ ގައުމެވެ. ބްރެޒިލް ގެ އިތުރުން އެމެރިކާ ގައި ވެސް އެއް މިލިއަނަށް ވުރެ ގިނަ މީހުނަށްވަނީ ވައިރަސް ޖެހިފައެެވެ.

ބްރެޒިލް ގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދަށް ބަލާލާއިރު ދުވާލެއްގެ މައްޗަށް 1200 އަށް ވުރެ ގިނަ މީހުން އަންނަނީ މަރުވަމުންނެވެ. މިހާތަނަށް 50ހާސް މީހުންވަނީ ބްރެޒިލް ގައި ކޮވިޑް19 ޖެހިގެން މަރުވެފައެވެ.

މާހިރުން ބުނާގޮތުގައި ބްރެޒިލް އިން ޓެސްޓުކުރާ މިންވަރު އިތުރުކޮށް ހަރުދަނާކޮށްފިނަމަ ވައިރަހުގެ އިތުރު ގިނަ ކޭސްތަކެއް ފެނިގެންދާނެއެވެ.

ބްރެޒިލް އިން އެގައުމުގެ ކޮވިޑް19 ގެ ތަފާސްހިސާބުތައް އާންމުކުރަން ފަށާފައިމިވަނީ ތަފާސް ހިސާބުތައް ސިއްރުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ލިބުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް