Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކޮވިޑް-19: އިނގިރޭސިވިލާތުން މިބަލީގައި މަރުވި ކުޑަކުއްޖަކަށް 12 އަހަރު!

ކޮވިޑް-19: އިނގިރޭސިވިލާތުން މިބަލީގައި މަރުވި ކުޑަކުއްޖަކަށް 12 އަހަރު!

ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ބަލީގައި އިނގެރޭސިވިލާތުން އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.

ޝެފީލްޑް ޗިލްޑްރެންސް ހޮސްޕިޓަލުން ބުނެފައިވަނީ މިދިޔަ ހަފްތާގައި އެކުޑަކުއްޖާ އެހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާގެ ހާލު ނާޒުކު ކަމަށާއި، އެކުއްޖާ މަރުވެފައިވަނީ އެހޮސްޕިޓަލުގައި އެނދުމަތި ކުރިފަހުން މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

އުމުރުން 12 އަހަރުގެ އެކުއްޖާ ކޮރޯނާ ވައިރަސް އަށް ފައްސިވެފައިވާކަން ޓެސްޓުގެ ނަތީޖާތަކުން ދެއްކި ކަމަށް ވެސް ޝެފީލްޑް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

Advertisement
Ooredoo — Square (box)

"ކޮވިޑް-19 އަށް ފައްސިވެފައިވާ އުމުރުން 12 އަހަރުގެ ކުއްޖަކުވަނީ މިމަހުގެ 15 ވީ ހޯމަ ދުވަހު މިހޮސްޕިޓަލުގައި މަރުވެފައި. އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރެވުނު. ނަމަވެސް އެކަން ވަނީ ކާމިޔާބު ނުވެފައި." ޝެފީލްޑް ޗިލްޑްރެންސް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް ޖޯން ސޮމާސް ބުންޏެވެ.

އުމުރުން 12 އަހަރުގެ ކުޑަކުއްޖަކު މިބަލީގައި އިނގިރޭސިލީތުން މަރުވެފައިވާއިރު، މިބަލީގައި އެންމެ ފުރަތަމަ ކުޑަ ކުއްޖަކަށް މަރުވެފައިވަނީ އުމުރުން އެންމެ 13 ދުވަހުގެ ތުއްތު ކުއްޖެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް