ދުނިޔެ

އަމިއްލަ ޖަނާޒާގެ ކަންތައް ގެންދަން ބޭނުންވާގޮތް ލިޔަން އުމުރުން 13 އަހަރުގެ ކުދިނަށް ޖެއްސުމުން ބެލެނިވެރިން ރަތަށް

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ލެސްޓާރގެ ސެއިންޓް ޕޯލް ކެތޮލިކް ސްކޫލުގެ އުމުރުން އެންމެ 13 އަހަރުގެ ކުދިންގެ ހޯމް ވޯކްގެ ގޮތުގައި، އެކުދިން މަރުވުމުން އެކުދިންގެ ޖަނާޒާގެ ކަންތައް ގެންދަން ބޭނުންވާގޮތް ލިޔަން ޖެއްސުމުން ބެލެނިވެރިންގެ ނުހުރުން ސްކޫލަށް އަމާޒުވެއްޖެއެވެ. ދީނީ މާއްދާގެ މި ހޯމް ވޯކްގައި އެކުދިން ބޭނުންވަނީ މަރުވުމުން ވަޅުލަންތޯ ނުވަތަ އަންދާލަންތޯވެސް ސުވާލު ކުރެވުނެވެ.

Ads by WAMCO

މީގެ އިތުރު ވަޅުލަން ބޭނުންވާ ކުދިންގެ ސައްދޯއް ހުންނަން ބޭނުންވާ ގޮތާއި، ޖަނާޒާގައި ބޭނުންކުރާނެ މަލުގެ ބާވަތުގެ އިތުރުން އެތަނުގައި ކުޅޭނެ މިއުޒިކްވެސް މި ކުދިން ލިޔަން ޖެހުނެވެ. މަރުވުމުން ހަށިގަނޑު އަންދާލަން ބޭނުންވާ ކަމަށް ބުނާ ކުދިންގެ އެކުދިން އަންދާލުމަށް ފަހު އަޅިކޮޅު އުކާލާނެތަން ވެސް މި ލިޔުމުގައި ހިމަނަން ޖެހުނެވެ. ލޮކްޑައުންގެ ތެރޭގައި ދިން މި އެސައިންމަންޓް ހަދަން ޖެހުނު ކުދިންގެ ތެރެއިން ކުއްޖެއްގެ ބެލެނިވެރިއަކުވަނީ މި އެސައިންމަންޓް ސޯޝަލް މީޑިޔާގައި އާންމުކޮށްފައެވެ.

މި ޕޯސްޓާއި އެކު ގިނަ ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށް އެއީ "ތަންކޮޅެއް ބޮޑުވަރު" ކަމަށް ފާހަގަ ކޮށްފައެވެ. ބައެއް ބެލެނިވެރިން ވަނީ، މަރަކީ ކޮންމެ އިންސާނަކުވެސް ކުރިމަތިލާން ޖެހޭ ކަމެއް ނަމަވެސް މިގޮތަށް ހޯމްވޯކްގައި އެކަން ގެނައުން މުނާސަބު ނޫންކަމަށް ބުނެފައެވެ. އޭގެ ބަދަލުގައި ގޭގައި އާއިލާގެ ތެރޭގައި އެކަމާ މަޝްވަރާކޮށް ކަންކަން އޮޅުން ފިލުވުން ރަގަޅުވާނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އަމުދުން ކޮރޯނާވައިރަސް ޖެހިގެން ގިނަ އާއިލާ ތަކެއްގެ މެމްބަރުން އެމީހުނާ ވަކިވަމުންދާ ދަނޑިވަޅެއްގައި މިއުމުރުގެ ކުދިންގެ ސިކުނޑި އެކަމަށް އަމާޒު ކުރުވުމުން ގިނަ ބަޔަކު ވަނީ ސްކޫލުގެ މެނޭޖްމަންޓް ކުށްވެރިކޮށްފައެވެ. މިކަން މީސް މީޑިޔާގައި ހިލުމުން ސްކޫލުގެ ފަރާތުންވަނީ ބެލެނިވެރިންގެ ކިބައިން މާފަށްއެދި، އެއީ އޮޅުމަކުން ފޮނުވުނު އެއްޗެއް ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!