ދުނިޔެ

އިންޑިއާގެ 87 އިންސައްތަ މީހުން ބޭނުންވަނީ ޗައިނާ އިން އެތެރެކުރާ މުދާ ބޮއިކޮޓް ކުރަން

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ އާ ޗައިނާ ބޯޑަރު ގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ޗައިނާ އިން އިންޑިއާ އަށް އެތެރެކުރާ މުދާ ބޮއިކޮޓް ކުރަން އަންނަނީ ގިނަ ބަޔަކު ގޮވާލަމުންނެވެ. ނަމަވެސް އިންޑިއާ ޗައިނާ އަށް ބަރޯސާ ވެފައި އޮންނަ މިންވަރު ބޮޑުކަމާއެކު މިއީ ވާނެ ކަމެއް ނޫންކަމަށް މާހިރުން ބުނެއެވެ.

Ads by WAMCO

ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އިންޑިއާ ގެ އާބާދީގެ 87 އިންސައްތަ މީހުން ބޭނުންވަނީ ޗައިނާ އިން އިންޑިއާ އަށް އެތެރެކުރާ މުދާ ބޮއިކޮޓް ކުރުމަށެވެ. ލޯކަލް ސާކަލްސް އިން ކުރި މި ދިރާސާގައި އިންޑިއާގެ 255 ހިސާބަކުން 32 ހާހަށް ވުރެ ގިނަ އިންޑިއާ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން މި ދިރާސާގައި ބައިވެރިންގެ ތެރެއިން 87 އިންސައްތަ ބައިވެރިން ވަނީ ކުރިއަށް އޮތް އެއް އަހަރު ޗައިނާ އިން އެއްވެސް އެއްޗެއް ނުގަނެ ބޮއިކޮޓް ކުރުމަށް ތާއީދުކޮށްފައެވެ.

މީގެ އިތުރުންވެސް މި ދިރާސާގައި ޒިއޯމީ، އޮއްޕޮ، ވީވޯ، އަލީއެކްސްޕްރެސް އަދި ޓިކްޓޮކް ފަދަ ޗައިނާ ގެ ބައެއް ކުންފުނިތަކުގެ އުފެއްދުންތައް ބޭނުން ކުރާނެތޯ ވެސް ވަނީ ސުވާލުކޮށްފައެވެ. 58 އިންސައްތަ މީހުންވަނީ ދެން މީގެ ފަހުން އޭގެތެރެއިން އެއްވެސް ބްރޭންޑެއްގެ އެއްޗެހި ނުގަންނާނެ ކަމަށާއި ބޭނުން ނުކުރާނެ ކަމަށްބުނެފައެވެ. ނަމަވެސް 39 އިންސައްތަ މީހުން އެ އިތުރަށް ނުގަތް ނަމަވެސް މިހާރު ގަނެފައި ހުރި އެއްޗެހި ބޭނުން ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ޖުމްލަކޮށް ބަލާއިރު ދިރާސާގެ ބައިވެރިންގެ ތެރެއިން 97 އިންސައްތަ މީހުން ތިބީ ޗައިނާ ގެ އުފެއްދުން ތައް ބޮއިކޮތް ކުރަން ތައްޔާރަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!