Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އަލްޙަމްދުލިﷲ! މައްކާގެ މިސްކިތްތައް އަލުން ހުޅުވާލައިފި!

އަލްޙަމްދުލިﷲ! މައްކާގެ މިސްކިތްތައް އަލުން ހުޅުވާލައިފި!

ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން މައްކާގެ މިސްކިތްތައް ބަންދު ކޮށްފައި އޮތުމަށްފަހު، މިއަދު އަލުން ހުޅުވާލައިފިއެވެ.

ތިން މަސް ދުވަސް ވަންދެން ބަންދު ކޮށްފައި އޮތުމަށްފަހު މިއަދު ފަތިސް ނަމާދަށްފަހު މައްކާގެ މިސްކިތްތައް އަލުން ހުޅުވާލިނަމަވެސް، އެންމެ މުޤައްދަސް އެއް ބިން ކަމުގައިވާ މަސްޖިދުލް ޙަރާމް އަދި ނުހުޅުވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މައްކާގެ މިސްކިތްތައް އަލުން ހުޅުވާލި ނަމަވެސް، ސައުދީ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނަގާފައެވެ. އެގޮތުން ހުރިހާ މިސްކިތްތަކެއް ވެސް ޑިސްއިންފެކްޓް ކޮށްފައިވާނެ ކަމަށާއި ހުރިހާ މިސްކިތެއްގައި ވެސް ގައިދުރުކަން އިސްކޮށްފައިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މައްކާގެ މިސްކިތްތައް ހުޅުވާފައިވީ ނަމަވެސް، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ބޭއްވުމާއިމެދު ވަކިގޮތެއް ސައުދީ ސަރުކާރުން އަދި ނުނިންމައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް