Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ކޮވިޑް19: ޗައިނާ އަށް ވުރެ ކުރިން އިޓަލީގައި ވައިރަސް ފެތުރުނު

ޗައިނާ ގައި ކޮވިޑް19 ފެތުރެން ފެށުމުގެ ކުރިން އިޓަލީގައި ވައިރަސް ފެތުރުނު ކަމަށް އިޓަލީގެ ސައިންސްވެރިން ބުނެފިއެވެ.

އެގޮތުން އިޓަލީ ސައިންސްވެރިން އިޓަލީގެ ދެ ހިސާބެކުން ޑިސެމްބަރު މަހު ނެގި ހަޑި ފެނުގެ ތަހުލީލު ކުރިއިރު ވައިރަހުގެ އަސަރުތައް ވަނީ ފެނިފައެވެ. އެއާއެކު ޗައިނާ އިން އެންމެ ފުރަތަމަ ކޭސް ފެނުމުގެ ކުރިން ވެސް އިޓަލީގައި ވައިރަސް ފެތުރެމުން އައި ކަން ހާމަވެގެންދާ ކަމަށް ރޮއިޓާސް އިން ވަނީ ބުުނެފައެވެ.

އިޓަލީގެ ނެޝަނަލް ހެލްތް އިންސްޓިއުޓުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މިއަހަރުގެ ފެބްރުއަރީ މަހު އިޓަލީގެ ނަރުދަމާ އިން ނެގި 40 ސާމްޕަލް އެއް ތަހުލީލުކޮށްފައެވެ.

Advertisement
HDC — Sidebar (box)

މާހިރުން ބުނާ ގޮތުގައި މި ދިރާސާގެ އަލީގައި ވައިރަސް ފުރަތަމަ ފެތުރެން ފެށި ގޮތް ދެނެގަނެވިދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް