ބޮލީވުޑްގެ ތަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ސާބިތުވެ، ވިޔަފާރިވެރިޔަކު ޖަލަށް
ބޮލީވުޑްގެ އަންހެން ތަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ސާބިތުވެ، އިންޑިއާގެ ވިޔަފާރިވެރިޔަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އުމުރުން 41 އަހަރުގެ ވިޔަފާރިވެރިޔާ ވިކާސް ސަޗްދޭވް، ޖިންސީ ގޯނާކޮށްފައިވަނީ ބޮލީވުޑްގެ އެކްޓްރެސްގެ އުމުރުން 17 އަހަރުގައި، 2017 ގައެވެ.
ވިކާސްއަށް ދައުވާކޮށްފައިވަނީ އިންޑިއާގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނުގެ ދަށުންނެވެ. އޭނާ ޖަލަށް ލާން ހުކުމްކޮށްފައިވަނީ ތިން އަހަރަށެވެ.
އިންޑިއާގެ ގާނޫނުގައިވާ ގޮތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހުންގެ މައުލޫމާތެއް ހާމައެއް ނުކުރެވޭނެއެވެ. ބޮލީވުޑްގެ ތަރި ވަނީ އޭނާއަށް ޖިންސީ ގޯނާކުރި ގޮތް އިންސްޓަގްރާމް މެދުވެރިކޮށް ކިޔައިދީފައެވެ.
Ads by Allied Insurance