ދުނިޔެ

އައިފޯނުގެ އަގުހެޔޮ މޮޑެލްގެ ފޯނު އުފެއްދުން އިންޑިއާއަށް ބަދަލުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އެޕަލް އައިފޯނުގެ އެންމެ އަގުހެޔޮ މޮޑެލް ކަމުގައިވާ 2020 ގެ އައިފޯނު އެސްއީ ގެ އުފެއްދުން އިންޑިއާ އަށް ބަދަލުކުރާނެ ކަމުގައި ރިޕޯޓުތައް ބުނެފައެވެ.

Ads by Sosun Fihaara

ަިއިންޑިއާ އިން މި ފޯނު އުފައްދާނީ ވިސްޓްރަން ކުންފުނިންނެވެ. މި ބްރޭންޑުގެ ފޯނު އިންޑިއާ އިން އުފައްދަން ފެށުމުން އިންޑިއާ އިން ފޯނު އެތެރެ ކުރުމަށްދާ ޓެކްސް ދައްކަން ނުޖެހި، ފޯނު އިތުރަށް އަގުހެޔޮ ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ވިސްޓްރަން ކުންފުނިން ވަނީ މީގެ ކުރިންވެސް 2019 އަހަރާ ހަމައަށް އައިފޯނު އެސްއީ މޮޑެލްގެ ފޯނު އުފައްދާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެޕަލް ކުންފުނިންވަނީ ޗައިނާ އިން އުފައްދަމުން އައި އެ މޮޑެލްގެ ފޯނުގެ ޝިޕްމެންޓު ހެދުން ހުއްޓާލަން އަންގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!