Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ޙައްޖުގައި މިއަހަރު ބައިވެރިވެވެނީ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަނި!

ޙައްޖުގައި މިއަހަރު ބައިވެރިވެވެނީ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަނި!

މިއަހަރުގެ ބަރަކާތްތެރި ޙއްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ކަމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ އަރަބިއާގެ ޙައްޖު އެންޑް އެމްރާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ސައުދީގައި ދިރިއުޅޭ ރައްޔިތުން އެކަނި ކަމަށާއި ސައުދީގައި ދިރިއުޅޭ އެކި ޤައުމުތަކުގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

މިއަހަރުގެ ޙައްޖާއިމެދު މިނިންމުން ނިންމީ، ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ކަމަށް ވެސް އެމިނިސްޓްރީގެ ބަޔާނުގައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ސައުދީ ސަރުކާރުގެ މިނިންމުމާއެކު މިއަހަރު އެޤައުމަށް އެހެން ޤައުމުތަކުން މީހުން ދިޔުން މަނާވާނެއެވެ. މިއީ ޙައްޖާއިމެދު މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން ހަމައެކަނި ސައުދީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ކުރެވޭ ގޮތަށް ނިންމުމުގެ ކުރިން ވެސް ބައެއް ޤައުމުތަކުންވަނީ، ކޮވިޑް-19 އާއި ގުޅިގެން މިއަހަރު އެޤައުމުތަކުގެ މީހުން ޙައްޖަށް ދިޔުން މަނާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް