ބޮލީވުޑް

ކެންސަރު ބަލީގައި ސަންޖޭ ދަތު މަރުވުމުގެ 50 އިންސައްތަ އެބައޮތް ކަމަށް ޑޮކްޓަރުން ބުނި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮލީވުޑްގެ ލެޖެންޑަރީ ތަރި ކަމުގައިވާ ސަންޖޭ ދަތު، ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ޚަބަރާއެކު، ސަންޖޭގެ އެތައް ސަޕޯޓަރުންގެ ހިތް ކުދިކުދި ވިއެވެ. އެހެންނަމަވެސް މާ ގިނަ ދުވަހެއް ނުވެ ސަންޖޭ ވަނީ ކެންސަރު ބަލިން ފަސޭހަވެ އަލުން ފިލްމު އިންޑަސްޓްރީއަށް މަރުހަބާ ކިޔާފައެވެ.

Ads by STELCO

ސަންޖޭ ފުއްޕާމޭގެ ކެންސަރާ ހަނގުރާމަ ކުރަމުން ދިޔައިރު، ޑޮކްޓަރުން ވަނީ އޭނާ މަރުވުމުގެ 50 އިންސައްތަ އެބައޮތް ކަމުގައި ވެސް ބުނެފައެވެ. އަދި އެ ހިތާމަވެރި ޚަބަރާއެކު ވެސް ސަންޖޭ ވަނީ ހިތްވަރު ގަދަކޮށް އައު އަޒުމަކާއެކު ކެންސަރާ ހަނގުރާމަކޮށް އެ ނުރައްކާތެރި ބަލިން ފަސޭހަވެފައެވެ. އަދި އޭނާ ކެންސަރުން ފަސޭހަވެގެން އައި ޚަބަރު ބޭރުގެ މީސްމީޑިއާތަކުގެ ފަލަ ސުރުހީތަކުން ފެނުމާއެކު ސަންޖޭގެ ސަޕޯޓަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައި މުޅި މީސްމީޑިއާ ވަނީ ސަންޖޭއަށް ޝިފާ ލިބުނު ކަމުގެ އުފަލުގައި އެކި ކަހަލަ މެސެޖުތަކުން ބަރާވެފައެވެ.

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ސަންޖޭ ބުނީ، އޭނާ ގާތުގައި މަރުވުމުގެ 50 އިންސައްތަ އެބަ އޮތް ވާހަކަ ބުނި ވަގުތަކީ އޭނާ އިންތިހާއަށް ރުޅިގަދަވި ވަގުތެއް ކަމަށާއި، "ކީއްވެ އަހަރެން؟" މިހެން ވެސް ހިތަށް އެރި ކަމަށެވެ. އެހެންނަމަވެސް ރުޅި އިސްކޮށްގެން ވާނެ މާބޮޑު ފައިދާއެއް ނެތް ކަން ގަބޫލުކޮށް މި ބަލިން ފަސޭހަވުމަށް ކުރެވުނުހާ މަސައްކަތެއް ކުރުމަށް އޭނާ އަޒުމު ކަނޑައެޅީ ކަމަށް ސަންޖޭ ބުނެފައި ވެއެވެ. އަދި އެންމެންގެ ހެޔޮ ދުޢާގެ ސަބަބުން އޭނާ އެބަލިން މިހާރު ސަލާމަތް ވެފައި ވާކަން އިންސްޓަގްރާމްގައި އޭނާ ހިއްސާ ކުރީ އެކަމާ އުފާ ކުރާ ހާލުގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!